ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

 (IUL)462/HR/1/2024/14 :ނަންބަރު

ވަޒީފާގެ ފުރުޞަތު

 

މަޤާމް:

ޑިރެކްޓަރ

 

ކްލެސިފިކޭޝަން އަދި ރޭންކް:

ޑިރެކްޓަރ، އީ.އެކްސް 2

 

ބޭނުންވާ އަދަދު:

01

 

މަސައްކަތް ކުރަންޖެހޭ ތަން:

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން / ކ. މާލެ

 

އަސާސީ މުސާރަ:

މަހަކު 11.600.00/- ރުފިޔާ

 

ލިވިންގ އެލަވަންސް:

މަހަކު 4,000.00/- ރުފިޔާ

 

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިގެ %45 (5,220.00/- ރުފިޔާ)

 

އިންވެސްޓިގޭޝަން އެލަވަންސް:

މަހަކު 3,300.00/- ރުފިޔާ

 

ކޮމިޝަނުގެ މުވައްޒަފުންނަށް ލިބިދެވޭ އެހެނިހެން އިނާޔަތްތައް:

 

  • ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ހަމަޖައްސައި ދެވޭނެއެވެ.

 

މަޤާމުގެ މައިގަނޑު މަސައްކަތް

  1. ރެޖިސްޓްރޭޝަން އެންޑް ކޭސްމެނޭޖްމަންޓް ސެކްޝަނުގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  2. ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި ކޮމިޝަނުން އިސްނަގައިގެން ބަލަން ނިންމާ މައްސަލަތަކުގެ ބާވަތް ކަނޑައެޅުމަށް ކޮމްޕްލެއިންސް ކޮމިޓީއަށް ފޮނުވާ ކޮމްޕްލެއިންސް ކޮމިޓީން ނިންމާގޮތެއްގެ މަތިން މައްސަލަތަކާމެދު ފިޔަވަޅު އެޅުމާ ގުޅޭ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  3. އިބްތިދާއީ ތަޙްޤީޤު ކުރުމާބެހޭ އެންމެހާ ކަންކަން ހިންގާ ބެލެހެއްޓުން.
  4. މައްސަލަތަކާ ގުޅޭގޮތުން އެޅޭ ފިޔަވަޅުތައް މައްސަލަ ހުށަހަޅާ ފަރާތާ ހިއްސާކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
  5. ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތަކުގެ ތަފާސް ހިސާބު ކަނޑައެޅޭ ގޮތެއްގެ މަތިން ތައްޔާރުކޮށް އާއްމުކުރަން ހަމަޖެހިފައިވާގޮތުގެ މަތިން އާއްމު ކުރުމާގުޅޭ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  6. އެކިފަރާތްތަކާއި ކޮމިޝަނާއެކު ވެވޭ ފަހުމުނާމާ އަދި އެއްބަސްވުންތަކަށް ޤާނޫނީ ލަފާ ދިނުމާއި، ފަހުމުނާމާ އަދި އެއްބަސްވުންތައް ޑްރާފްޓް ކުރުން.
  7. ޤާނޫނުތަކާއި ގަވާއިދުތަކަށް މުވައްޒަފުން ހޭލުންތެރި ކުރުވުމުގެ ގޮތުން ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިވުން.
  8. ކޮމިޝަނުން އެކި ފަރާތްތަކާމެދު ވެވޭ އެއްބަސްވުމަށް ޤާނޫނީ ލަފާ ދިނުން.
  9. 9. ކޮމިޝަނަށް ރައްދުވާގޮތަށް އަދި ކޮމިޝަނުން ޓްރައިބިއުނަލްތަކާ ކޯޓްތަކަށް ހުށަހަޅާ މައްސަލަތަކަށް ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ލިޔެ ފޮނުވަންޖެހޭ ފަރާތަކަށް ފޮނުވުން.
    10. ކޮމިޝަނަށް ރައްދުވާގޮތަށް އަދި ކޮމިޝަނުން ޓްރައިބިއުނަލްތަކާ ކޯޓްތަކަށް ހުށަހަޅާ މައްސަލަތަކުގައި ކޮމިޝަނުގެ ފަރާތުން ވަކާލާތު ކުރުން
    11. ކޮމިޝަނުން ނިންމާ މައްސަލަތަކާގުޅިގެން ޤާނޫނު ތަންފީޒްކުރާ އިދާރާތަކުން ވަކިގޮތަކަށް ޢަމަލުކުރުމަށް އަންގާ ކަންކަން އެގޮތުގެ މަތިން ތަންފީޒްކުރެވެމުންދާކަން ކަށަވަރުކުރުން. 
    12. ކޮމިޝަނުން ނިންމާ މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
    13. މަސައްކަތާގުޅޭގޮތުން އެކުލަވާލަންޖެހޭ ޤަވާއިދުތަކާއި، އުސޫލުތަކާއި ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކާއި ގައިޑްލައިންތައް ހެދުމާއި، ބަދަލުގެނައުމާއި، އިސްލާޙްކުރުން.
    14. ކޮމިޝަނުންކުރާ ދަތުރުތަކުގައި ބައިވެރިވުން.
15. މަގާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ހަވާލުކުރާ އިތުރު މަސައްކަތް ކުރުން.

 

މަޤާމުގެ އަސާސީ ޝަރުޠު:

  1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ރޮނގުން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވެލް 9 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ރޮނގުން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތާގުޅުން ހުރި ދާއިރާއަކުން ޖުމްލަ 3 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުމާއެކު ޖުމްލަ އަހަރުގެ ތެރެއިން 1 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން އަދި ދިވެހިރާއްޖޭގެ ހައި ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވުން ނުވަތަ
  2. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ރޮނގުން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވެލް 7  ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތާގުޅުން ހުރި ދާއިރާއަކުން 4 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުމާއެކު ޖުމްލަ އަހަރުގެ ތެރެއިން 1 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން އަދި ދިވެހިރާއްޖޭގެ ހައި ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވުން

 

ގުޅޭ ތައުލީމީ ދާއިރާތައް:

  • ޤާނޫނު
  • ޝަރީއަތާ ޤާނޫނު

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (މި ފޯމު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. https://nic.gov.mv/dhi))
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް(
  3. މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  4. ދިވެހިރާއްޖޭގެ ހައި ކޯޓްގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުމުގެ ހުއްދަ
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (އަދި ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ހުށަހަޅާ ނަމަ، ފުރިހަމަކޮށްފައިވާ ކޯހުގެ ފެންވަރު ބަޔާންކޮށް އެ އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓް ހުށަހަޅަން ވާންވާނެއެވެ.)   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ އަދި ސިވިލް ސަރވިސްގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ދިވެހިރާއްޖޭގައި ހިންގާ ރިޒޯޓުތަކާއި އެ ރިޒޯޓުތަކުގެ މައި އޮފީހުން ދޫކޮށްފައި ހުންނަ ތަޖުރިބާ އަންގައިދޭ ލިޔުންތަކާއި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ އަމިއްލަ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައި ވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް، އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތުތަކާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށް، އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

7. ދައުލަތަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ ފަދަ އެއްބަސްވުމެއް ހެދިފައިވާ އިދާރާއިން ދޫކޮށްފައިވާ ލިޔުން.

 

މަގާމަށް  ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު:

  1. އަސާސީ ޝަރުތު ހަމަވުން: 30 ޕޮއިންޓް
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ: 10 ޕޮއިންޓް
  3. އިމްތިހާނު ނުވަތަ ޕްރެކްޓިކަލް : 20 ޕޮއިންޓް
  4. ޕްރެޒެންޓޭޝަނާ އިންޓަރވިއު: 40 ޕޮއިންޓް

 

ޝޯޓްލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ވަޒީފާއާގުޅޭ މަސައްކަތުގެ ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތް ޝޯޓުލިސްޓް ކުރެވޭނެއެވެ.

 

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނީ 2024 މޭ 15 އިން 2024 ޖޫން 15 އާ ދެމެދު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއުއާއި އިމްތިޙާން އަދި ޕްރެޒެންޓޭޝަނަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

 

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 މޭ 12 ވާ އާދިއްތަ ދުވަހުގެ 13:30ގެކުރިން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމާއި ލިޔެކިޔުންތައް ބަލައިގަނެވޭނީ ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ހުށަހަޅާފައި ވާނަމައެވެ.  ސުންގަޑީގެ ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3001343 ނަންބަރު ފޯނާއެވެ. މިކޮމިޝަނުގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލު އަދި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ވެބްސައިޓް https://v2.nic.gov.mv/downloads)) އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3001343 ފޯނާ ގުޅުއްވުން އެދެމެވެ.

 

       

                        21 ޝައްވާލް 1445

                        30 އޭޕްރިލް 2024

30 އޭޕްރިލް 2024
ހޯދާ