ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ފީއަލީ ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމަށް ބޭނުންވާ ފަރުނީޗަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

 

 

 

 

އިޢުލާން

 

ފ.ފީއަލީކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމަށް ބޭނުންވާފަރުނީޗަރސަޕްލައިކޮށްދޭނެފަރާތެއްހޯދުން

 

 

          ފ.ފީއަލީ ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމަށް ބޭނުންވާ ފަރުނީޗަރ މި އިޢުލާނާއި އެކުގައި ދީފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް  މި އިދާރާއަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވިމާ ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  1. މި މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފީއަލީ ކައުންސިލް އިދާރަގައި ރަޖިސްޓްރީ ވާންވާނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް ދެވޭ އެންމެ ފަހު މުއްދަތަކީ 06 މޭ 2024 ވާ ހޯމަ ދުވަހުގެ 11:00 ނިޔަލަށެވެ. ( ރަޖިސްޓްރީ ވުމަށް -/500 ރުފިޔާގެ ފީއެއް ދަށްކަންވާނެއެވެ.) އެގޮތުން ރަޖިސްޓްރީ ވުމަށް ފީ ދެއްކުމަށްފަހު، ޓްރާންސްފާރ ސްލިޕް ނުވަތަ ފައިސާ ދެއްކިކަމުގެ ރަޝީދު، ރަޖިސްޓްރީވުމަށް އެދޭ ފޯމާއެކު މިއިދާރާގެ އީމެއިލް އެޑްރެހަށް [email protected] އަށް ފޮނުވަންވާނެއެވެ.

ރަޖިސްޓްރީ ވުމަށް ފީ ދެއްކުން

އެކައުންޓްގެ ތަފްޞީލް

ނަން: Secretariat of Feeali Council

އެކައުންޓް ނަންބަރު: 7730000044669

  1. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ. އެގޮތުން މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  2. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 06 މޭ 2024 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން، [email protected]  އަށެވެ. އަދި ބީލަމާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ ގުޅުއްވާނީ 7666594 އަށެވެ.
  3. ބިޑް ހުޅުވުން އޮންނާނީ 09 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި މި އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  4. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންންތައް އަދި މި ބީލަމުގައި މިއިދާރާގައި ރަޖިސްޓްރީ ނުކޮށް ހުށަހަޅާ ބީލަންތައް ބަލައި ނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

29 އޭޕްރިލް 2024

20 J 1445

 

ޚާދިމްކުމް

 

މޫސާ އަޙްމަދު

ފީއަލީ ކައުންސިލްގެ ރައީސް

29 އޭޕްރިލް 2024
ހޯދާ