ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުން

1445ވަނަ އަހަރު (މިއަހަރު) ގެ އަޟްޙާ ޢީދު ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، ތަފާތު އެކިއެކި ކުޅިވަރުގެ ޙަރަކާތްތަކާއި އިޖްތިމާޢީ ޙަރަކާތްތައް މިރަށުގެ އެކިއެކި ކުލަބް ޖަމިއްޔާ ޖަމާޢަތްތައް މެދުވެރިކޮށް މި ކައުންސިލުގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދިޔުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ރަޖިސްޓްރީކޮށްފައިވާ ކުލަބު ޖަމިއްޔާ ޖަމާޢަތްތަކުން 05 މޭ 2024 ވާ އާދީއްތަ ދުވަހުގެ 11:00 އަށް، މި އިދާރާއަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލެވިފައިވާކަން، ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

29 އޭޕްރިލް 2024
ހޯދާ