ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
ޓްރޮފީއާއި ޝީލްޑް އަދި މެޑެލް ގަތުމަށް

އަހަރީ އިނާމު ދިނުމަށް ޓްރޮފީ އާއި ޝީލްޑް އަދި މެޑެލް ގަތުމަށް ބޭނުންވެއްޖެ

ފާއިތުވި އަހަރު މި ސުކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާއަށް ޝީލްޑާއި ޓްރޮފީއާއި މެޑަލް ފަދަ ތަކެތި ގަތުމަށް 15 އެޕްރީލް 2015 ގައި މި ސުކޫލުން ކުރި ނަންބަރު: GS52/IUL/2015/18 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވެވި ފަރާތްތައް މަދުކަމުން މިދެންނެވި އިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި ސުކޫލުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް މިދެންނެވި ތަކެތި މިސުކޫލަށް ފޯރުކޮށް ދިނުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 05 މޭ 2015 ވާ އަންގާރަ ދުވަހު މެންދުރުފަހުގެ 14:00 އަށް މިސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 މޭ 2015 ވާބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00އަށް މި ސުކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑިޔަށް ވަޑައިގަންނަވާ ފަރާތްތަކަށް ކަމުގައިވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ސުކޫލުގެ ނަންބަރު 6800012 އާ ގުޅުއްވުމަށް ދަންނަވަމެވެ.

10 ރަޖަބު 1436

29 އޭޕްރިލް 2015
ހޯދާ