މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޢިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއިން ފާސްކޮށްފައިވާ ކުރެހުމާއި ލިޔެކިޔުުން މިނިސްޓްރީއަށް ހުށަހެޅުމާއި، ޕްރޮޖެކްޓް ލައިސަންސް ހުއްދަ ހޯދުމާއި ގުޅޭ

ޢިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއިން ފާސްކޮށްފައިވާ ކުރެހުމާއި ލިޔެކިޔުުން މިނިސްޓްރީއަށް ހުށަހެޅުމާއި، ޕްރޮޖެކްޓް ލައިސަންސް ހުއްދަ ހޯދުމާއި ގުޅޭ

ޢިމާރާތްކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ 4/2017) ގެ ދަށުން އެކުލަވާލައިފައިވާ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު (2019/R-1019) ގެ ދަށުން ޢިމާރާތްކުރުމުގެ  އެއްވެސް މަސައްކަތެއް ކުރާނަމަ، ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އެ މަސައްކަތެއްކުރުމަށް ކޮންޓްރެކްޓަރ ރަޖިސްޓަރީވުމަކީ ލާޒިމްކަމެކެވެ. އަދި ޢިމާރާތުގެ ސްޓްރަކްޗަރ އާއި ގުޅުން ހުރި ނުވަތަ ކުރާ މަސައްކަތުގެ އަގު -/1,500,000  (ފަނަރަަ  ލައްކަ) ރުފިޔާ ނަމަ، ނުވަތަ  އެއަށްވުރެ ބޮޑުނަމަ، ޕްރޮޖެކްޓް ލައިސަންސް ނެގުން ލާޒިމްވެއެވެ.

އަދި ހުއްދަ ދޫކުރާ އިދާރާއަށް ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުންތައް، ޢިމާރާތްކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ކަނޑައެޅޭ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން ބަލައި ޗެކުކުރުމަށްފަހު ހުއްދަތައް ދިނުމާއެކު، ކޮންމެ މަހެއް ނިމުމުން، އެ މަހެއްގައި ހުށަހަޅައިފައިވާ އެންމެހައި ލިޔެކިޔުންތަކުުގެ ކޮޕީ، މަސް ނިމޭތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅުމަކީ ޢިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (2019/R-999) ގެ 21 ވަނަ މާއްދާގެ (ށ) ގެ ދަށުން ލާޒިމްކުރާކަމެކެވެ.

އެހެންކަމުން، ޕްރޮޖެކްޓް ލަައިސަންސް ހުއްދަ ދޫކުރާއިރު، ޢިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއިން ފާސްކޮށްފައިވާ ކުރެހުމާއި ލިޔެކިޔުުން މިނިސްޓްރީއަށް ހުށަހަޅާފައިނުވާނަމަ އެ މަސައްކަތަށް ޕްރޮޖެކްޓް ލައިސަންސް ދޫކުރެވެން ނޯންނާނެކަން އާންމުކޮށް އަންގާ އިއުލާންކުރަމެވެ.

މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ މިމިނިސްޓްރީގެ ނަމްބަރ 79750712، 7970415 ނުވަތަ 7256557 އާއި ގުޅުއްވުން އެދެމެވެ.

 29 އޭޕްރީލް 2024

 

29 އޭޕްރިލް 2024
ހޯދާ