މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު - އިންޑިވިޖުއަލް ކޮންސަލްޓަންޓް (ނެޝަނަލް)

ދިވެހިރާއްޖެ،

ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓްP177040

ގްރާންޓް ނަންބަރު : E047-MV

 

މަސައްކަތުގެ ބާވަތް: އިންޑިވިޖުއަލް ކޮންސަލްޓަންޓް (ނެޝަނަލް)

ރިފަރެންސް ނަންބަރ:MV-MOECCT-DMADD-424188-CS-INDV

 

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ވޯލްޑް ބެންކްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ އިންޑިވިޖުއަލް ކޮންސަލްޓަންޓެއްހޯދުމަށް ބޭނުންވެއެވެ.

މި ކޮންސަލްޓެންސީއަށް ހޮވޭ ފަރާތުގެ މަސައްކަތަކަށްވާނީ ޑީމެޑް ޕްރޮޖެކްޓްގެ ސަބްކޮމްޕޯނަންޓް 1.1 ގައި ހިމެނޭ، ވާދަވެރި ބްރޯޑްބޭންޑް މާކެޓެއް ރެގިއުލޭޓްކޮށް ބަލަހައްޓައި ޚިދުމަތްދޭ ފަރާތްތައް ޒިންމާކުރުމަށް ބޭނުންވާ ރެގިއުލޭޓަރީ އޮނިގަނޑު ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ މަސައްކަތް ކޯޑިނޭޓް ކުރުމާއި އެ މަސައްކަތާއި ގުޅިގެން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ގެ ފަރާތުން ދުވަހުންދުވަހަށް ކުރަންޖެހޭ ފަންނީ އަދި ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުމެވެ.

މި މިނިސްޓްރީގެ ފަރާތުން މަތީގައި ދަންނަވާފައިވާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ތައުލީމީ ފެންވަރާއި ތަޖުރިބާގެ ޝަރުތުތަކަކީ:

  1. ކޮމްޕިއުޓާ ސައިންސް، އިންފޯމޭޝަން ޓެކްނޯލޮޖީ، ނުވަތަ ޓެލެކޮމިއުނިކޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ބެޗްލަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، ނެޓްވޯކް އިންޖީނިއަރިންގެ ދާއިރާއިން ނުވަތަ ގުޅޭދާއިރާއަކުން މަދުވެގެން 5 އަހަރުގެ ތަޖުރިބާ ހުރުން
  2. ދާއިރާގެ ޕްރޮފެޝަނަލް ސެޓްފިކެޓް، ސީ.ސީ.އެން.އޭ، ސީ.ސީ.އެން.ޕީ، ކޮމްޕްޓީ.އައި.އޭ ނެޓްވޯކް ހަދާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  3. ލިޔުންތެރިކަމާއި އަނގަބަހުން ވެސް މުވާސަލާތީ ހަރުދަނާ ހުނަރުތައް ހުރުން
  4. ދިވެހިބަހާއި އިނގިރޭސިބަހުން ލިޔަންކިޔަން އެނގުން

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ޝައުގުވެރިކަން ފާޅުކުރުމުގެ ސިޓީ
  • ކަރިކިއުލަމް ވީޓާ (ވަޒީފާއަށް ގުޅނު މަހާއި އަހަރު އަދި ކެނޑުނު މަހައި އަހަރު ސާފުކޮށް އެގޭނެހެން ބަޔާންކުރުން)
  • ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑުގެ ކޮޕީ
  • ޕޮލިސް ކްލިޔަރެންސް ސެޓްފިކެޓް
  • އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ
  • ވަޒީފާގައި އުޅުނުކަމުގެ ލިޔުން (އަދާ ކޮށްފައިވާ މަސްއޫލިޔަތާއި އެ މަސްއޫލިއްޔަތު އަދާ ކޮށްފައިވާ މުއްދަތު އެނގޭނެހެން)

މި ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޮވާނީ "ވަރލްޑް ބޭންކްސް ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯރ އައި.ޕީ.އެފް. ބޮރޮވާރސްގެ ފަސްވަނަ އެޑިޝަން، ސެޕްޓެންބަރު 2023" ("ޕްރޮކިއުމަންޓް ރެގިއުލޭޝަން") ގެ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.

މި ކޮންސަލްޓެންސީއާއި ގުޅޭ އިތުރު މަޢުލޫމާތު މި ދަޢުވަތާ އެކީގައި ޝާއިޢު ކުރެވިފައިވާ "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ.)" ގައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބް ސައިޓްއިން  www.environment.gov.mv ލިބެން ހުންނާނެއެވެ.

ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 2024 މެއި 15 ވަނަ ދުވަހު ގަޑިން 10:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ޕޯސްޓް މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ.

 

ޕްރޮޖެކްޓް މެނޭޖަރ

ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް،

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ،

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ،

ކަލާފާނު ހިނގުން، މާލެ 20064، ދިވެހިރާއްޖެ.

[email protected]އީމެއިލް:

ވެބްސައިޓް: www.environment.gov.mv

ފޯނު ނަންބަރު: 330-2253

29 އޭޕްރިލް 2024
ހޯދާ