މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މަސައްކަތް ކުރާނެ މުވައްޒަފުންގެ ޕޫލެއް އެކުލަވާލުން

ކައުންސިލް އިދާރާގެ ފަރާތުން ރައްޔިތުންނަށް ފޮރުކޮށްދޭ އެކިއެކި މުނިސިޕަލް ހިދުމަތްތައް ފޯރުކޮށްދިނުމަށާއި މިއަހަރުގެ ވޯކް ޕްލޭނަށް އެދުވަސްވަރެއްގައި ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތަށް ކުރުމަށް ވޭޖު އެމްޕްލޮއިމަންޓް އުސޫލުން މަސައްކަތް ކުރާނެ މުވައްޒަފުންގެ ޕޫލެއް އެކުލަވާލަން ބޭނުންވެއެވެ.

މި ޕޫލްގެ ދަށުން ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

•      ކުނި މެނޭޖްކުރުމުގެ އެންމެހާ މަސައްކަތްތައް

•      ކުނިކަހާ ސާފުކުރުން

•      ކައުންސިލްގެ ހަރަކާތްތަކާ ގުޅިގެން ކުރަންޖެހޭ މުނިސިޕަލް މަސައްކަތްތައް

މި ޕޫލްގައި މަސައްކަތް ކުރާ ފަރާތްތަކަށް އުޖޫރައިގެ ގޮތުގައި މަސައްކަތް ކުރާ ގަޑިއަކަށް 50.00ރ ( ފަންސާސް ރުފިޔާ) ލިބިލައްވާނެއެވެ. އަދި ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބިލައްވާނެއެވެ.

     ވީމާ، މިޕޫލުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ޕޫލުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި އެހެނިހެން ލިޔެކިޔުންތަށް 2024 މެއި 7 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ޕޫލުގައި ބައިވެރިވުމަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ކުރައްވާނީ [email protected] އަށެވެ. މިޕޫލުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީގަޑީގައި ކިހާދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުނަނާނެއެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

29 އޭޕްރިލް 2024
ހޯދާ