ފުނަދޫ ސްކޫލް
ދިވެހިރާއްޖެ
ކުލާސްރޫމުތަކުގެ ކުޑަދޮރުތައް ބަދަލުކުުރުން

ފުނަދޫ ސްކޫލް
   ށ.ފުނަދޫ 
      ދިވެހިރާއްޖެ             ނަންބަރު: (IUL)GS-59-AD/INDIV/2024/14
އިޢުލާން
 
ކްލާސްރޫމްތަކުގެ ކުޑަދޮރު ބަދަލުކުރުން
ސްކޫލްގެ ކްލާސްރޫމްތަކުގެ ކުޑަދޮރުތަށް ބަދަލުކުރުމަށް ނަމްބަރ (IUL)GS-59-B/INDIV/2024/12(14އޭޕްރީލް2024) ގެ އިޢުލާންއަށް ގުޅިގެން އެންމެ ފަރާތަކުން ބިޑް ހުށައަޅާފައިވާތީ އަލުން އިޢުލާން ކުރަމެވެ. ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ. ބީލަންފޮތް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
      މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 އޭޕްރީލް 29 ން 2024 މެއި 02 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 8:30 ން 13:30އާއި ދެމެދު ސުކޫލަށް ގުޅުއްވާ ނުވަތަ އީ މެއިލް މެދުވެރިކޮށް ނުވަތަ ސްކޫލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ.
   މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 މެއި 05 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
   މި ބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ2024 މެއި 02 ވާ ބުރާސްދަތި ދުވަހުގެ 13:30 ގައި މިސްކޫލްގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުއްވުމަށް  ވެރިފަރާތުގެ ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީ އާއި  ބަދަލުގައި  ދުރުވާ ފަރާތުގެ އައި.ޑީ. ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.
ބީލަން ހުށަހެޅުމާ ހުޅުވުން އޮންނާނީ 2024 މެއި 05 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި ސްކޫލްގައެވެ.  ނޯޓް: ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނީ ކަނޑައެޅިފައިވާ މުއްދަތުގައި ނަން ނޯޓް ކުރައްވާފައިވާ  ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.  
އިތުރު މަޢުލޫމާތު ރަސްމީ ގަޑިތަކުގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފުނަދޫ ސްކޫލް / ށ.ފުނަދޫ ، ދިވެހިރާއްޖެ.
ފޯން:     6540540 އީމެއިލް: [email protected]
20 ޝައްވާލް 1445
29 އޭޕްރީލް 2024
 
29 އޭޕްރިލް 2024
ހޯދާ