ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑިރެކްޓަރ އޮފް ނާރސިން

މަޤާމު

 ޑިރެކްޓަރ އޮފް ނާރސިން    

ބޭނުންވާ އަދަދު

 01 ( އެކެއް )

މަޤާމް ގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޕީ.އެސް 9

ވަޒީފާ އަދާކުރަންޖެހޭ ތަން

ހުޅުމާލެ ހޮސްޕިޓަލް

މުސާރަ:

މަހަކު -/19863 ރުފިޔާ

މަޤާމުގެ އެލެވަންސް:

މަހަކު -/11376 ރުފިޔާ

ހާޒިރީ ޢިނާޔަތް:

ދުވާލަކު -/308 ރުފިޔާ (މަސައްކަތަށް ޙާޒިރުވާ ދުވަހަކަށް)

އިތުރު އިނާޔަތްތައް

1.  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ހޮސްޕިޓަލުން ދެވެމުންދާ ނަރސިންގ ޚިދުމަތަކީ ، ރައްކާތެރި އަދި އެންމެ ރަނގަޅު ޚިދުމަތެއްތޯ އާއި ދެވޭ ޚިދުމަތަކީ ނަރސިންގ ޕްރޮފެޝަން އާއި ހޮސްޕިޓަލްގެ ގައިޑްލައިންސް އަދި ޕްރޮސީޖަރގެ ދަށުން ދެވޭ ޚިދުމަތެއްތޯ ޗެކްކުރުން
  2. ނަރސިންގ ގެ ފަންނު ކުރިއަރުވައި ދިރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން. އަދި ނަރސިންގ ކެއަރ ދިނުމަށް ބޭނުންވާ ސިޔާސަތުތަކާއި، އުޞޫލުތަކާއި، ގައިޑްލައިންތަކާއި ގައުމީ ޞިއްޙީ ޕްލޭންތައް ތައްޔާރުކުރުމަށް ބޭނުންވާ ފަންނީ ލަފާ ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމަށް އެހީތެރިވުން.
  3. ބަލިމީހުންނަށް ބޭނުންވާ ޖިސްމާނީ، އިޖްތިމާޢީ އަދި ނަފްސާނީ ފަރުވާދިނުމުގައި ނަރސިންގ ކެއަރގެ ޕްލޭންތައް އެހެން ޞިއްޙީ ފަންނުވެރިންނާއިއެކު ވިލަރެސްކޮށްގެން ރާވައި އެ ޕްލޭންތަކާ އެއްގޮތަށް ފަރުވާދިނުމުގެ ކަންތައްތައް އިންތިޒާމުކޮށް، ބަލިމީހާއަށް ބޭނުންވާ ނަރސިންގ ކެއަރ ދިނުމަށް ހުރިހާ ޝިފްޓަކަށް އެކަށީގެންވާ ވަރަށް ނަރުހުން ތިބިތޯ ކަށަވަރުކުރުން.
  4. ނަރސިންގގެ ދާއިރާއާ ގުޅުންހުރި ޕަރފޯމަންސް އިންޑިކޭޓަރސްގެ އަލީގައި ނަރސިންގ ސަރވިސަސް ހިންގާގޮތް މޮނިޓަރ ކުރުމާއި ކޮލިޓީ ހިފެހެއްޓުމަށް ނަރސިންގ އޯޑިޓް ފަދަ ފަންނީ އަދި ތަޢުލީމީ ޕްރޮގްރާމްތަކާއި އިވެލުއޭޝަން ޕްލޭންތައް ތައްޔާރުކޮށް ތަންފީޒުކުރުމަށް އެހީތެރިވެދިނުމާއި އިސްލާޙުކުރަންޖެހޭ ކަންތައްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން އިސްލާޙު ކުރުން.
  5. ނަރުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި، ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކާއި އަދި ސިޔާސަތުތަކާއި އެއްގޮތަށް ޕްރޮފެޝަނަލް ސްޓޭންޑަޑްތަކަށް އިސްކަންދީގެން ނަރސިންގ ސަރވިސް މެނޭޖްކުރުމާއި އެހެން މުވައްޒަފުން އަހުލުވެރިކޮށް މިފަދަ ކަންތައްތަކަށް ޢަމަލުކުރޭތޯ މޮނިޓަރކުރުން.
  6. މަސައްކަތު މާހައުލުގައި މުވައްޒަފުންނަށް ދިމާވެދާނެ ޞިއްޙީ މައްސަލަތައް ދުރާލާ ފޯކާސްޓް ކުރުމާއި، މިފަދަ ކަންކަމަށް އަޅަންޖެހޭ ރައްކާތެރި ފިޔަވަޅުތައް އެޅުމަށް އެހީތެރިވުން.
  7. މުވައްޒަފުންގެ މޯރޭލް މަތިކުރުމާއި، ޓީމްވޯކް ދެމެހެއްޓުމާއި ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަން ގާއިމްކުރުމަށް މަސައްކަތްކުރުން.
  8. ޤައުމަށް ދިމާވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި އަމަލުކުރުމަށް އެމަރޖެންސީ ހެލްތް ޕްލޭން ހެދުމަށާއި އެއާ އެއްގޮތަށް ޢަމަލުކުރުމަށް ނަރުހުން އަހުލުވެރިކޮށް، ތަމްރީނު ދިނުމަށާއި، މިފަދަ ޙާލަތްތަކުގައި ނަރުހުން މެނޭޖްކުރުމުގައި އެހީތެރިވުން
  9. ކުއްލިހާލަތެއް ދިމާވެއްޖެ ހިނެދެއްގައި ކޮންސަލްޓް ކުރަންޖެހޭ ޑިޕާރޓްމަންޓް އަކާ ކޮންސަލްޓް ކުރުމަށްފަހު ފިޔަވަޅު ނެގުން.
  10. ނާރސިންގް ސްޓާފްއަށް އެމާރޖެންސީ ޕްރޮސީޖަރ ޕްލޭން އިނގޭތޯ ބެލުމާއެކު، ނޭނގޭ މުއައްޒަފުންނަށް އެ ޕްރޮސީޖަރ ކިޔާދިނުން. އަދި  އެކަހަލަ ހާލަތެއް މެދުވެރިވެއްޖެ ހިނދު ކަންކުރެވިގެންދަނީ ރަނގަޅަށްތޯ ޗެކްކުރުން.
  11. ނަރުހުންގެ ހުރިހާ ޑިޕާޓްމަންޓްތަކެއް ގުޅިގެން ޓީމްއެއްގޮތުގައި މަސައްކަތް ކުރޭތޯ ބެލުމުގެ އިތުރުން ނާރސިންގެ ސްޓާފްގެ ބައްދަލުވުމެއް މަދުވެގެން މަހަކު އެއްފަހަރު ކުރިޔަށް ގެންދިއުން
  12. ކަސްޓަމަރުންގެ ޝަކުވާ ބެލުމަށްފަހު ހޮސްޕިޓަލްގެ ޕްރޮސީޖަރގެ ދަށުން އެ މައްސަލައެއް ހައްލުކުރުން. އަދި ކަސްޓަމަރުންނަށް ދެވެނީ ރަނގަޅު ހިދުމަތެއްތޯ ބެލުމާއިއެކު ކަސްޓަމަރުންގެ ހިޔާލު ހުރިގޮތް ބެލުމަށްފަހު އިތުރަށް ރަނގަޅުކުރެވެން ހުރިކަންތައް ސީނިއާ މެނޭޖްމަންޓްގެ މަޝްވަރާ އާއި އިރުޝާދުގެ މަތިން ކުރިއަށް ގެންދިއުން
  13. ހުރިހާ ނަރުހުން މަސައްކަތް ކުރަމުން ގެންދަނީ އިންސިޑެންޓް ޕްރޮސީޖަރގައިވާ ގައިޑްލައިންސްއާ އެއްގޮތަށްތޯ ބެލުމާއިއެކު، ބަލިމީހުނަށް ރައްކާތެރި މާހައުލެއް ގާއިމްކުރުން. އަދި ރިސްކް ކުޑަކުރަން ކުރެވެން ހުރި ކަންތަކުގެ އެކްޝަން ޕްލޭންއެއް ސީނިއާ މެނޭޖްމަންޓް އާއި ގުޅިގެން ތައްޔާރުކުމާއިއެކު ގާއިމްކޮށް ދެމެހެއްޓުން
  14. ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް ޕްލޭންކުރުން. ނަރުހުންގެ ޚިދުމަތްތަކާ ގުޅޭ ހަރަކާތްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ނަރސިންގ ޚިދުމަތްތަކުގެ އަގު ކަނޑައެޅުން / މުރާޖަޢާ ކުރުމަށް ކަމާބެހޭ ޑިޕާޓްމަންޓް / ފަރާތްތަކަށް ލަފާ ދިނުމަށް އެހީތެރިވުން
  15. ވާރޑް މެނޭޖަރުންގެ ޕާރފޯމަންސް ބެލުން އަދި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާ ނިޒާމުގައި އިސްލާޙުކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް އެކަންކަން އިސްލާޙު ކުރުން.
  16. ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށް ކުރެވޭ އެންމެހާ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުތު

 މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ނުވަތަ ނަރސިންގ ސްޕެޝަލިޓީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނަރުހުންގެ ދާއިރާގެ ހިންގުމުގެ މަސައްކަތުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު، ކްލިނިކަލް މަސައްކަތުގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ހުޅުމާލެ ހޮސްޕިޓަލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެންހުންނާނެއެވެ https://www.hmh.gov.mv/downloads/job_application.pdf))
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  2. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  4. މަސައްކަތަށް ބޭނުންވާ މުއްދަތު ހަމަނުވާ ލައިސަންސް އަދި ރެޖިސްޓްރޭޝަން
  5. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  6. (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  7. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
  8. (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  9. (ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  10. (ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
  11. ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ މިމަޤާމަށް ހޮވިއްޖެނަމަ މިހާރު އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން
  12. ޕޮލިސް ރިޕޯޓް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖުރިބާ
  3. މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 މެއި 08  ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގގެ 4 ވަނަ ފަންގިފިލާއަށެވެ. މެއިލްކުރައްވާނީ  [email protected]  އަށެވެ

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350134 ނުވަތަ 3350118 ނަންބަރު ފޯނަށް    ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.    

29 އޭޕްރިލް 2024
ހޯދާ