ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހަޔަރ އެޑިޔުކޭޝަން ލޯން ސްކީމް އެޕްރީލް 2015

ހަޔަރ އެޑިޔުކޭޝަން ލޯން ސްކީމް އެޕްރީލް 2015

ހަޔަރ އެޑިޔުކޭޝަން ލޯން ސްކީމް – އެޕްރީލް 2015 ރާއްޖެއާއި ރާއްޖޭން ބޭރުގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށާއި އަލަށް ކިޔަވަން ފަށަން ބޭނުންވާ ދަރިވަރުންނަށް ހުޅުވާލައިފައިވާ މި ލޯން ސްކީމްގެ ދަށުން ޘާނަވީ އިމްތިޙާން ނިންމާފައިވާ 18 އަހަރު ފުރިފައިނުވާ ކޮންމެ ދަރިވަރަކަށްވެސް އެޕްލައި ކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. މިގޮތުން، މި ސްކީމްގެ ދަށުން ލޯން އެހީ ލިބޭ ދަރިވަރުންގެ ލޯންގެ ހުރިހާ ޒިންމާއެއް އުފުލަންވާނީ މިދަރިވަރުންގެ މައިންބަފައިން ނުވަތަ ޝަރުޢީ ބެލެނިވެރިން ކަމުގައިވެސް ދަންނަވަމެވެ.

ވީމާ، އެޕްލިކޭޝަން ފޯމު ހުށަހަޅުއްވާއިރު މި ޑިޕާރޓްމަންޓްގެ ވެބްސައިޓް www.dhe.gov.mv ގައިވާ މައިންބަފައިން ނުވަތަ ބެލެނިވެރިޔާ ފުރިހަމަ ކުރަންޖެހޭ އިޤުރާރު ފުރިހަމަކޮށްފައި އެޕްލިކޭޝަން ފޯމާއެކު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3341388, 3341376، 3341381 އާ ގުޅުއްވުން އެދެމެވެ.

26 އޭޕްރިލް 2015
ހޯދާ