މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީކުރި ފަރާތްތައް އާންމުކުރުން

އިޢުލާން

 

1. 2024 ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް ރަޖިސްޓްރީކުރުމަށް މިމިނިސްޓްރީން ހުޅުވާލި ފުރުސަތުގައި އެކަމަށްއެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތައް މިއިޢުލާނާއެކު އާންމުކުރީމެވެ.

2. 2024 ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ލިބިވަޑައިގަންނަވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ކަމަށް ހުރިހާ ބެލެނިވެރިންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ. އަދި ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރާނީ ސްޓޭޝަނަރީ ވައުޗަރުގެ އަސްލު އެފަރާތަކަށް ހުށަހެޅުމުންނެވެ.

3. 2024 ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރަންވާނީ 2024 ވަނަ އަހަރުގެ ދިރާސީ އަހަރަށް ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް މިމިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި ތަކުންނެވެ. ރަޖިސްޓްރީކޮށްފައިނުވާ ފަރާތުން ތަކެތި ދޫކުރުމަށްފަހު ހުށަހަޅާ ބިލްތަކަށް މިމިނިސްޓްރީން ފައިސާ ނުދައްކާނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.                                          

ފޯން:  3341231 3341460 /

އީ-މެއިލް: [email protected]

27 އޭޕްރިލް 2024
ހޯދާ