މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
ދިވެހިރާއްޖެ
މީޑިއާ ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް އިސްލާހުކުރުން

މީޑިއާ ކައުންސިލް  އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް އިސްލާހުކުރުމާއި ގުޅޭ

މިމިނިސްޓްރީގެ ނަންބަރު (IUL)493-MR/493/2024/58 (17 އޭޕްރީލް 2024) އިޢުލާނުން މޯލްޑިވްސް މީޑިއާ ކައުންސިލް  އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް އިސްލާހުކުރެވި، މިފޯމަށް ގެނެވިފައިވާ ބަދަލުތަކާއެކު މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެވެ.

ވޯޓު ރަޖިސްޓްރޭޝަން ފޯމް ބަލައިގަންނާނީ، 2024 އޭޕްރީލް 24،23،18، 25އަދި 28 މިދުވަސްތަކުގެ ހެނުދުނު 9:00 ން ފެށިގެން މެންދުރު 13:00 އަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް (ސޯޝަލް ސެންޓަރ) ގެ ރިސެޕްޝަނުންނެވެ. މީގެ އިތުރުން، މި މިނިސްޓްރީގެ އީމެއިލް [email protected] މެދުވެރިކޮށްވެސް ފޯމުތައް ހުށަހެޅޭނެވެ. ހުށަހަޅާ ހުރިހާ ލިޔެކިއުމެއްވެސް ހުންނަންވާނީ ޕީ.ޑީ.އެފް ފޯމެޓަށެވެ.

އަދި ދަންނަވަމެވެ. މޯލްޑިވްސް މީޑިއާ ކައުންސިލް  އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލުމަށް، މިމިނިސްޓްރީ ގެ އިޢުލާނު ނަމްބަރ: (IUL)493-MR/493/2024/51  އިޢުލާނުން ވޯޓުލުމަށް  އެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކަކުން އަލުން ވޯޓުލުމަށް  އެދި ފޯމް ހުށަހަޅުއްވާކަށް ނުޖެހޭނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.     

26 އޭޕްރިލް 2024
ހޯދާ