ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް،

މާލެ، ދިވެހިރާއްޖެ.

 

                                                      ނަންބަރު: FSM-ADV/2024/038

 

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

 

                           

ފިއުލް ސަޕްލައިސް މޯލްޑިވްސްއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، ކާރގޯ ޕޭންޓްސް އާއި ޝޯޓްސް 2 އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދެއްވާނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

ވީމާ، މި ކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް، ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.  

  • ރެޖިސްޓްރޭޝަން: 30 އޭޕްރިލް 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން [email protected] އަށް އީމެއިލްކުރައްވާ، ރެޖިސްޓަރ ކުރެއްވުން އެދެމެވެ.

 

މެއިލްގައި ތިރީގައި މި ދަންނަވާ މަޢުލޫމާތު ހިމަނުއްވަންވާނެއެވެ.

  • ބީލަމަށް ނަން ހުށަހަޅުއްވާ ފަރާތް
  • ގުޅޭނެ ނަންބަރު އަދި އީމެއިލް
  • ބީލަން ހުށަހަޅުއްވާ ފަރާތް ތަމްސީލުކުރައްވާނެ ފަރާތް އަދި މަޤާމް
  • ބީލަމުގެ އިޢުލާނު ނަންބަރު ނުވަތަ ރިފަރެންސް އަދި ބީލަމުގެ ނަން

 

ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވެވަޑައިނުގެންނެވޭނެއެވެ.

 

  • ބީލަން ހުށަހެޅުއްވުމާއި ހުޅުވުން؛ ބީލަން ހުށަހެޅުއްވުމާއި ހުޅުވުން އޮންނާނީ 02 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00  ގައި ތިރީގައިވާ އެޑުރެހުގައެވެ.

      6 ވަނަ ފަންގިފިލާ ،

      އެފް.އެސް.އެމް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު، މާލެ

 

  • މި ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު، މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ.

             

25 އޭޕްރިލް 2024

25 އޭޕްރިލް 2024
ހޯދާ