މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ފޭދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024 އާއި ގުޅޭ

އިޢުލާން 

ށ.ފޭދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024 އާއި ގުޅޭ

        މިކައުންސިލުން މިއަހަރު ކުރިއަށްގެންދާ  ށ.ފޭދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ ފުޓްސަލް އަދި ހޭންޑުބޯލް މުބާރާތް 18 މެއި 2024ގައި ފެށުމަށްވަނީ ހަމަޖެހިފައެވެ. އެހެންކަމުން މިމުބާރާތުގައި ބައިވެރިވާން އެދޭ މިރަށުގެ ޓީމުތަކަށް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.

        މިމުބާރާތްތަކުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން، މުބާރާތުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމާއި، ޓީމު ލިސްޓް 08 މެއި 2024ގެ 14:00ގެ ކުރިން މިކައުންސިލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއިއެކު މުބާރާތްތަކުގެ ޤަވާޢިދާއި ފޯމް އާންމުކުރެވިފައިވާނެއެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

25 އޭޕްރިލް 2024
ހޯދާ