އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
މި ކޮމިޝަނަށް ބޭނުންވާ ހައި-އެންޑް ޕީސީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް ބިޑަށް ހުޅުވައިލުން!

އިޢުލާނު

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ކޮމިޝަނަށް ބޭނުންވާ ހައި-އެންޑް ޕީސީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު IUL123-A/123/2024/24ގެ އިޢުލާނާ ގުޅިގެން އެކަށިގެންވާ ވަރަށް ތަރުޙީބު ލިބިފައި ނުވާތީ އާއި ބިޑް ހުށަހެޅި ހަމައެކަނި ފަރާތުގެ ޝަރުޠު ފުރިހަމަ ނުވާތީ ހައި-އެންޑް ޕީސީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް ބިޑަށް ހުޅުވައިލަމެވެ.

ވީމާ، ދެންނެވިފައިވާ ތަކެތި ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 މޭ 8 ވާ ބުދަ ދުވަހުގެ ހެނދުނުގެ 10:00ށް މި ކޮމިޝަނުގެ އިދާރާ، މ.ފިނިފަރު، 07 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި ބީލަމާ ގުޅޭ މަޢުލޫމާތު ޝީޓާއި، ސްޕެސިފިކޭޝަން މި އިޢުލާނާ އެކު އެއްހީރާސްކޮށްފައި ވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ މަޢުލޫމާތު ޝީޓުގައި ވާ ގޮތަށެވެ.

 

16 ޝައްވާލް  1445

25 އެޕްރީލް   2024

25 އޭޕްރިލް 2024
ހޯދާ