ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ޕްރީ-ސްކޫލުގެ ބޭރުފާރު ރޭނުމާއި ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

        މި ކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިކައުންސިލުން އިމާރާތް ކުރަމުންގެންދާ ޕްރީ-ސްކޫލުގެ ބޭރުފާރު ރޭނުމާއި ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

         ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 29 އޭޕްރިލް 2024 ވާ ހޯމަ ދުވަހުން ފެށިގެން 05 މެއި 2024 ވާ އާދީއްތަ ދުވަހުގެ 13:00 ދެމެދުގައި ބީލަމުގައި ރަޖިސްޓަރ ވުމަށްއެދޭ ފޯމް ފުރުއްވައި، ބީލަމުގައި ބައިވެރިވުމުގެ ފީގެ ޓްރާސްފަރ ސްލިޕާއެކު  ކައުންސިލްގެ މެއިލް އެޑްރެސް: [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ފޯމް މި އިދާރާގެ ކައުންޓަރުން އަދި އިޢުލާން ލިންކުން ލިބިވަޑައިގަންނާވާނެއެވެ. މި ބީލަމުގައި ބައިވެރިވުމަށް  -/200 ރުފިޔާ (ދުއިސައްތަ ފަންސާސް ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 06 މެއި 2024 ވާ ހޯމަ ދުވަހުގެ 13:00 މި އިދާރާގެ މީޓިންގ ރޫމްގައެވެ. މި މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުން ކޮންމެހެން ލާޒިމެއްނޫނެވެ.   އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 12 މެއި 2024 ވާ އާދީއްތަ ދުވަހު 13:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ.

         މި އިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 06 މެއި 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

         ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.         

25 އޭޕްރިލް 2024
ހޯދާ