މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކުގެ ވަގުތީ ދަފްތަރު އެކުލަވައިލުމާ ގުޅޭ

ޤާނޫނު ނަންބަރު: 2024/1 (އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ޤާނޫނު) ގައި ވާގޮތުން، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، މަސައްކަތްތެރިންގެ

ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް ރަޖިސްޓަރީކުރާނީ، އަދި ރަޖިސްޓްރޭޝަނާ ގުޅޭގޮތުން ޢަމަލުކުރާނީ، އެ ޤާނޫނުގައިވާ ގޮތުގެމަތިންނެވެ.

އަދި އެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ (2) ގައިވާ ގޮތުން، އެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރާ ޔޫނިއަންތަކުގެ ދަފްތަރު އެކުލަވައިލަން ޖެހެއެވެ.

މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށާއި ވަޒީފާދޭ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ޤާނޫނު ނަންބަރު:  2022/3 (ޖަމްޢިއްޔާތަކުގެ ޤާނޫނު) ގެ

ދަށުން ރަޖިސްޓަރީކޮށްގެން މިހާރު ހަރަކާތްތެރިވާ ޖަމްޢިއްޔާތަކާއި ޖަމާޢަތްތައް، ޓްރޭޑް ޔޫނިއަންގެ ގޮތުގައި ޤާނޫނު ނަންބަރު: 2024/1 (އިންޑަސްޓްރިއަލް

ރިލޭޝަންސްއާގުޅޭ ޤާނޫނު) ގެ ދަށުން ހަރަކާތްތެރިވުމަށް ފުރުސަތުދިނުމަށްޓަކައި ވަގުތީ ދަފުތަރެއް އެކުލަވައިލަން ބޭނުންވެއެވެ.

ވީމާ، ރާއްޖޭގައި މިހާރު ޙަރަކާތްތެރިވާ އެފަދަ ޖަމްޢިއްޔާތަކާއި ޖަމާޢަތްތައް، ވަގުތީ ދަފްތަރުގައި ހިމެނުމަށްޓަކައި އެ ފަރާތްތަކުން، ތިރީގައިވާ ލިންކުގައިވާ ފޯމު

ފުރިހަމަކުރެއްވުން އެދެމެވެ.

ފޯމުގެ ލިންކް: https://forms.gle/Kt2qdCub9fAPcRMV7

24 އޭޕްރިލް 2024
ހޯދާ