މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤާނޫނީ ލަފާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

 

 

1. މިކައުންސިލަށް 01 އަހަރު ދުވަހުގެ މުއްދަތަށް ޤާނޫނީ ލަފާދޭނެ "ލޯ ފާރމް" އެއްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

2. ދިވެހިރާއްޖޭގެ ބާ ކައުންސިލްގައި ލޯ ފާރމް ރަޖިސްޓްރީކޮށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް ގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 30 އޭޕްރިލް 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކޮށް މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވެވޭނީ ބިޑް ރަޖިސްޓްރޭޝަން ފޯމް ހުށައަޅާ ފަރާތްތަކަށެވެ.

3. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 05 މެއި 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި އިދާރާގައެވެ.

4. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީ އަދި ދުރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ހުށައަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބަލައި ގަނެވުނު ކަމުގާވިޔަސް ބާޠިލު ކުރެވޭނެއެވެ.

5. އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 30 އޭޕްރިލް 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގެ މެއިލް [email protected] މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

24 އޭޕްރިލް 2024
ހޯދާ