ގުޅީ ސްކޫލް
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ ދިރާސީ އަހަރު ދަރިވަރުން ސްކޫލަށް ވެއްދުމާ ގުޅޭ

އިޢުލާން

މި ސްކޫލްގެ އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމަށް އެދޭފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

ވީމާ، 2024 މޭ 09 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން "ސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު މިސްކޫލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި ފޯމް ސްކޫލް އޮފީހުން 2024 އޭޕްރިލް 28 ވާ އާދިއްތަ ދުވަހުން ފެށިގެން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 01 އަށް ކުދިން ވައްދާނީ ނުވަތަ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރާނީ ތިރީގައިވާ ތާވަލުގައިވާ ގޮތަށް ޢުމުރު ހަމަވާކުދިންނެވެ.

ގްރޭޑް

2024 ވަނަ އަހަރު ކުދިން ސްކޫލަށް ވައްދާ އުމުރު ފުރާތައް

އެލް.ކޭ.ޖީ

2023 ޑިސެމްބަރު 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން.

ޔޫ.ކޭ.ޖީ

2023 ޑިސެމްބަރު 31 އަށް 5 ފުރި 6 އަހަރު ނުފުރުން.

2024-2023 ވަނަ ދިރާސީ އަހަރު އެލް.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 2024 ވަނަ ދިރާސީ އަހަރު (26 މޭ 2024 ގައި ފެށޭ) ޔޫ.ކޭ.ޖީއަށް ބަދަލު ކުރެވޭނެއެވެ.

ގްރޭޑް 1

2023 ޑިސެމްބަރު 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން.

2024-2023 ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 2024 ދިރާސީ އަހަރު (26 މޭ 2024 ގައި ފެށޭ) ގްރޭޑް 1 އަށް ބަދަލު ކުރެވޭނެއެވެ.

 
  • އެއްވެސް ކުއްޖަކު ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލުނުކުރެވޭނެއެވެ.
  • އެލް.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމުގައި 4 އަހަރު ފުރިހަމަ ވެފައިތޯ ބަލާނީ، އެ ދިރާސީ އަހަރަކަށް ދަރިވަރުން ވެއްދުމަށް އުމުރު ހަމަކުރުމަށް ކަނޑައަޅާފައިވާ އެންމެފަހު ދުވަހަށް 4 އަހަރު ފުރިހަމަވުމުންނެވެ.
  • ދިރާސީ އަހަރު ފެށޭ ފަހުން 4 އަހަރުފުރޭ ދަރިވަރުން، ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެލް.ކޭ.ޖީ އަށް ނުވައްދާނެވެ.
  • އެލް.ކޭ.ޖީ އަށް ދަރިވަރަށް ވަދެވޭނީ، 2023 ވަނަ އަހަރުގެ ޑިސެމްބަރު 31 އަށް އުމުރުން 4 އަހަރު ފުރިފައިވާ ކުދިންކަމުގައި ކަނޑައަޅާފައިވީ ނަމަވެސް، ހިނގާ އަހަރު 31 މާރިޗުގެ ނިޔަލަށް 4 އަހަރު ފުރޭ ކުދިންނަށް އެލް.ކޭ.ޖީ އަށް ވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެނަމަ (ސިޓީ އަކުން ސްކޫލަށް ދެންނެވުން) އެ ކުއްޖަކަށް ދެވިދާނެއެވެ. 

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މި ސްކޫލުގެ ނަންބަރ 6642512 އަށް ގުޅުއްވުން އެދެމެވެ. 

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ޝައްވާލް 1445

23 އޭޕްރިލް 2024
ހޯދާ