ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް
ދިވެހިރާއްޖެ
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާ 2024 އާ ގުޅޭ

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ  2024 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ އާ ގުޅޭގޮތުން މިއިދާރާގެ ނަންބަރު SOM/IUL/2024/003 (27 މާރިޗު 2024) އާ ހަވާލާދީ ދަންނަވަމެވެ.

2024 އޭޕްރިލް 25 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެސް-އޯ މޯލްޑިވްސްގެ 2024 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާއާގުޅޭ އިތުރު މައުލޫމާތު ތިރީގައި މިދަންނަވަނީއެވެ.

ތާރީޚު: 25 އޭޕްރީލް 2024 (ބުރާސްފަތި)

ގަޑި: ރޭގަނޑު 08:30

ތަން: ބުރުޒު ހޯލު، ޝީ ބިލްޑިންގ 3ވަނަ ފަންގިފިލާ، ބުރުޒުމަގު.

ވީމާ، މި ޖަލްސާގައި ބައިވެރިވުމަށް އެދޭ އެސް-އޯ މޯލްޑިވްސްގެ މެންބަރުން ތިރީގައިވާ ލިންކު މެދުވެރިކޮށް 2024 އޭޕްރީލް 24 ވާ ބުދަ ދުވަހުގެ 18:00 ގެ ކުރިން ޖަލްސާއަށް ރަޖިސްޓަރކުރުމަށް ދަންނަވަމެވެ. ޖަލްސާގައި ބައިވެރިވެވޭނީ ހަމައެކަނި ރަޖިސްޓަރކުރައްވާ މެންބަރުންނަށްކަންވެސް މިފުރުސަތުގައި ހަނދުމަފުޅުކޮށްއަރުވަމެވެ. އަދި ދަންނަވަމެވެ، އަދާހަމަކުރެވިފައިވާ މެންބަރުންގެ ލިސްޓާއި ވޯޓުލެވޭ މެންބަރުންގެ ލިސްޓު މި އިއުލާނާއެކު އެއްކަރުދާސްކުރީމެވެ.

https://forms.gle/Bci5PRh6iM9Rk9m1A

 

ނޯޓު: އެސް-އޯ މޯލްޑިވްސްގެ މެންބަރުންގެ ލިސްޓާއި، ވޯޓުލެވޭ މެންބަރުންގެ ލިސްޓް އަދި ޖަލްސާގެ އެޖެންޑާ މި އިއުލާނާއެކު އެއްކަރުދާސްކުރީމެވެ.

 

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ އެސް–އޯ މޯލްޑިވްގެ ނަންބަރު 7776377 އާ ގުޅުއްވުން އެދެމެވެ.

22 އޭޕްރިލް 2024
ހޯދާ