މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް ފޯރ ވަރކް ޕްލޭސް ސޭފްޓީ އެންޑް ހެލްތު

  އިޢުލާނު 

މަޤާމު:

ޑިރެކްޓަރ ޖެނެރަލް ފޯރ ވަރކް ޕްލޭސް ސޭފްޓީ އެންޑް ހެލްތު

ބޭނުންވާ އަދަދު:

1  (އެކެއް)

މުއްދަތު: 

ޑިރެކްޓަރ ޖެނެރަލް އެ މަޤާމުގައި ދެމިހުންނާނީ އޭނާ ޢައްޔަންކުރެވޭ ތާރީޚުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ. އަދި މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނު (2024/2)ގެ 22 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލްގެ މަޤާމުން ވަކި ކުރެވޭ ފަރާތެއް ފިޔަވައި އެހެން ކޮންމެ ފަރާތެއް، އިތުރު 2 (ދޭއް) ދައުރަށް ޢައްޔަންކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް / މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ

މުސާރަ:

17100.00 ރުފިޔާ

އެގްޒެކެޓީވް އެލަވަންސް:

11400.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނު ތަންފީޛުކުރެވޭ މިންވަރު މޮނީޓަރކުރުމާއި، ވަޒީފާދޭ ފަރާތްތަކާއި މަސައްކަތްކުރާ ފަރާތްތަކުން މި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރޭތޯ ބެލުން.
  2. މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޤާނޫނުގެ ދަށުން ހުއްދަ ދޭންޖެހޭ ފަރާތްތަކަށް ހުއްދަ ދޫކުރުމާއި އާކުރުމާއި، ހުއްދަ ދޫކޮށްފައިވާ ޝަރުޠުތަކަށް އުނިއިތުރު ގެނައުމާއި، ހުއްދަ ހިފެހެއްޓުމާއި ބާޠިލުކުރުން.
  3. ޤާނޫނުގެދަށުން ހުއްދަ ދީފައިވާ ފަރާތްތަކުން ހުއްދައިގައި ކަނޑައަޅާފައިވާ ޝަރުޠުތަކާ އެއްގޮތަށް ޢަމަލު ކުރަމުންދޭތޯ ބެލުން.
  4. މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމާ ގުޅޭގޮތުން މަސައްކަތްތެރިން ހުށަހަޅާ ޝަކުވާއާ ގުޅިގެން، ނުވަތަ ޤާނޫނުގެ ދަށުން އިންސްޕެކްޓަރުން ނުވަތަ އެނޫންވެސް ފަރާތްތަކުން ހުށަހަޅާ ކަންކަމާ ގުޅިގެން މައްސަލަ ބަލައި ތަޙްޤީޤުކުރުން.
  5. މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމާ ގުޅޭގޮތުން އުފެދޭ މައްސަލަތައް ބަލައި ތަޙްޤީޤުކުރުމުގެ ގޮތުން އަންނަނިވި ފިޔަވަޅުތައް އެޅުން.

(ހ)   މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމާ ގުޅޭގޮތުން ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ޚިލާފު ޢަމަލެއް ކޮށްފިކަމަށް ބެލެވޭ ޙާލަތުގައި، އެ ކަންކަން ބަލައި ތަޙްޤީޤުކުރުމާއި އެ ބޭނުމަށްޓަކައި ތަންތަނަށް ވަނުމާއި، ބަލައި ފާސްކުރުމާއި، ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކުރުމާއި، ލިޔެކިޔުންތައް ހޯދުމާއި ހުށަހެޅުމަށް އެންގުން.

(ށ)   ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތަށް ކަމެއް ކުރުމަށް، ނުވަތަ ޤާނޫނާއި ގަވާއިދާ ޚިލާފަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ނުވަތަ ކަމެއް ރަނގަޅުކުރުމަށް އަންގަންޖެހޭ ފަރާތްތަކަށް އެންގުންތައް އެންގުން.

(ނ)   ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުން.

   6. މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، ޑިރެކްޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް ކަމުގައި ބަޔާންކުރާ އެނޫންވެސް ކަންކަން ކުރުން.

   7. މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަށް ހެދޭކަން ކަށަވަރުކުރުން.

   8. ސެކްޝަނުގެ އެންމެހައި މަސައްކަތްތައް ބެލެހެއްޓުމާއި މުވައްޒަފުންނަށް ހަމަހަމަކޮށް މަސައްކަތްތައް ބަހާލައިގެން ކުރިއަށްގެންދެވޭނެގޮތަށް މަސައްކަތްތައް ރާވައިހިންގައި ބެލެހެއްޓުން.

ތަޢުލީމީ ފެންވަރާއި މަސައްކަތުތަޖުރިބާ

ކަމާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ޙާޞިލުކޮށްފައިވުމާއެކު، ކަމާ ގުޅުންހުރިދާއިރާއަކުން މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ޝަރުޠުތައް:

  1. ދިވެހިރައްޔިތަކު ކަމުގައިވުން.
  2. ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުމާއެކު، ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ މަޤާމެއްގައި ހުރި ފަރާތެއްކަމުގައި ނުވުން.
  3. ދައުލަތުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ ފަރާތެއްކަމުގައި ނުވުން.
  4. މަޤާމުގެ ޒިންމާއާއި މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ޤާބިލުކަން ހުރުމާއެކު ކަމާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ޙާޞިލުކޮށްފައިވާ ފަރާތެއްކަމުގައިވުން.
  5. ކަމާ ގުޅުންހުރިދާއިރާއަކުން މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  6. ރިޝްވަތުގެ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުން.

ތަޢުލީމީ ރޮނގުތައް:

 - އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ

 - އެންވަޔަރމެންޓަލް ހެލްތު

 - އިންޑަސްޓްރިއަލް ހައިޖީން

 - މެނޭޖްމަންޓް

މަސައްކަތުގެ ތަޖުރިބާ ގުނުމުގައިބަލާނެ ދާއިރާތައް:

 - އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ

 - އެންވަޔަރމެންޓަލް ހެލްތު

 - އިންޑަސްޓްރިއަލް ހައިޖީން

 - މެނޭޖްމަންޓް

 - އެމަރޖެންސީ ރެސްޕޮންސްގެ މަސައްކަތްތައް

 - އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީއާއި ގުޅޭ ޓްރެއިނިންގ އަދި އިންވެސްޓިގޭޝަންސްގެ މަސައްކަތްތައް

 - ސޭފްޓީ މެޓީރިއަލްސް މެނޭޖްކޮށް އަދި ސޭފްޓީ މެޓީރިއަލްސް އާއި ގުޅޭ ޕްރޮގްރާމް ހިންގާފައިވުން

 - އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީއާއި ގުޅޭ ރިކޯޑުތަށް ބެލެހެއްޓުމާއި ރިޕޯޓްތައް ތައްޔާރުކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާ ލިޔުން
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 އޭޕްރީލް 2024 (ބުރާސްފަތި) ދުވަހުގެ 14:00  ގެ ކުރިން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް / މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އަށެވެ. ވަޒީފާއަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާ ލިޔުމާއި އެހެނިހެން ލިޔުންތައް އީ-މެއިލް[email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އެހެނިހެން:

 

  1. މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ މަސައްކަތު ފެންވަރަށް ބެލުމަށް ފަހުއެވެ.
  2. މި މަޤާމަށް މިނިސްޓްރީގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ.
  3. މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 26 އޭޕްރީލް 2024 އިން 30 އޭޕްރިލް 2024 އާއި ދެމެދު، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް / މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ ގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3026950 , 3026914 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

20 އޭޕްރިލް 2024
ހޯދާ