އަރިއަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ނީލަން ކިޔުން

  • ·        ނީލަންކިޔުން:

             މި ހޮސްޕިޓަލްގައި ހުރި ބައުތަކެތި ނީލަންކިއުން، 30 އޭޕްރީލް 2024 ވާ އަންގާރަ ދުވަހުގެ 16:00 ގައި މި ހޮސްޕިޓަލްގެ ގޯތިތެރޭގައި އޮންނާނެ އެވެ. ނީލަން ކުރިއަށް ދާނީ ދުވަހު ނީލަމުގެ އުޞޫލުންނެވެ.

             ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން، 30 އޭޕްރީލް 2024 ވާ އަންގާރަ ދުވަހުގެ 16:00 އަށް މި ހޮސްޕިޓަލަށް ވަޑައިގެންދެއްވުން އެދެމެވެ.

        

    މި ނީލަމުގައި ހިމެނޭތަކެއްޗާއި، ނީލަން ފެށޭ އަގާބެހޭ މަޢުލޫމާތު މި އިޢުލާނާއެކު އެވަނީ އެވެ.

ނީލަން ކިއުމުގެ އުޞޫލު:

 

 

v     ނީލަންކިޔާތަކެތި ބައިބަޔަށް ( ލޮޓް ) ބެހުމަށްފަހު ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ނީލަން ނަންބަރ ފެންނާނެހެން ލޮޓްގައި ހުންނާނެއެވެ.

v     ނީލަން ކުރިޔަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ހާޟިރުގައެވެ. ނަމަވެސް 3 ބައިވެރިން ހަމަނުވާނަމަ ދެވަނަ ފަހަރަށް އިޢުލާންކޮށް 2 ނުވަތަ 1 ބައިވެރިންގެ ހާޟިރުގައި ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިޔަށް ގެންދެވޭނެއެވެ.

v     ނީލަމުގައި ހުށައަޅާ އަގުތައް ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގައި ބައިވެރިޔަކު އަގެއް ހުށަޅައި އެ އަގަށްވުރެ މަތީ އަގެއް ހުށައެޅުމުގެ ފުރުޞަތު 3 ފަހަރު ދިނުމުންވެސް އިތުރު އަގެއް ނީލަމުގައި ބައިވެރިވާ އެހެން ފަރާތުން ހުށަނާޅައިފިނަމަ އެ އަގު ހުށައެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީ ކަމުގައި ނިންމޭނެއެވެ.

v     ނީލަން ނިމުނުގޮތް ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޟިރުގައި އިޢުލާނުކޮށް ނީލަން ކާމިޔާބު ކުރި ފަރާތަށް " ނީލަން ކާމިޔާބު ކުރިކަން އަންގާ ލިޔުން " ޙަވާލުކުރެވޭނެއެވެ.

v     ނީލަން ކާމިޔާބު ކުރިފަރާތުން ނީލަން ކާމިޔާބުކުރި އަގަށްވާ ފައިސާ 30 އޭޕްރީލް 2024 ވާ އަންގާރަ ދުވަހުގެ  18:00 ގެ ކުރިން ހޮސްޕިޓަލްގެ ކައުންޓަރަށް ދައްކަންވާނެއެވެ. ނީލަން ކާމިޔާބު ކުރި ފަރާތަށް މުދާ ޙަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށް ފަހުގައެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާސް ކުރުމަށް ފަހުގައެވެ.

v     ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާދައްކައި ޚަލާސް ނުކޮއްފިނަމަ، އެ މުދަލެއް އަލުން ނީލަން ކިއުމަށް އިޢުލާނު ކުރެވޭނެއެވެ.

 

 

                        09 ޝައްވާލް 1445

                         18  އޭޕްރީލް 2024

18 އޭޕްރިލް 2024
ހޯދާ