ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
ހުސްބިން ހިޔާކޮށް ދޭނެ ފަރާތެއް ހޯދުމަށް

           ނަންބަރ: GS43-B/2024/52

އަންދާސީ ހިސާބު ހުށަހެޅުމުގެ ދައުވަތު

މިސްކޫލްގެ  ޑީ  ބްލޮކް  ހިޔާކޮށްދޭނެ  ފަރާތެއް   ހޯދުމަށް   ކުރެވުނު  ނަމްބަރ GS43-B/2024/40 އިޢުލާނަށް އެކަށީގެންވާ ވަރަށް ތަރުހީބު ލިބިފައިނުވާތީ ދެ ވަނަ ފަހަރަށް މި ބީލަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

މިޕްރޮޖެކްޓްގައި  ބައިވެރިވާން  އެދޭ ފަރާތްތަކުން، 23 އޭޕްރިލް 2024 އިން 25 އޭޕްރިލް 2024 އަށް  ބަންދުނޫން  ކޮންމެ ދުވަހަކު 9:00 އިން 13:00އަށް ސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުންއެދެމެވެ.

ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ  ބައްދަލުވުން  އޮންނާނީ  28 އޭޕްރިލް 2024 ވާ އާދީއްތަ ދުވަހުގެ 11:00ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 30 އޭޕްރިލް 2024 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.

2- ރަޖިސްޓްރީ ނަންބަރު.

3- އީމެއިލް އެޑްރެސް.

4- ގުޅޭނެ މޯބައިލް ނަންބަރު.

 ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 05 މޭއި 2024 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ޝަރަފުއްދީން ސްކޫލް

 ހިތަދޫ، އައްޑޫ

 ފޯން: 7030-688

 އީ-މެއިލް: [email protected] 

16 އޭޕްރިލް 2024
ހޯދާ