ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ކޭޓަރިން ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

ކޭޓަރިން ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

  1. 02 މެއި އިން 23 މެއި 2024 އަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ "އެސް އެސް ސީ އެގްޒާމްގެ ވޯކްސޮޕް އަދި މާރކިންގެ މަސައްކަތުގައި އުޅުއްވާ ބޭފުޅުންނަށް " ކޭޓަރިންގެ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.ވީމާ މިކަމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮޖެކްޓާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އަދި ރަޖިސްޓްރީވުން 22 އޭޕްރިލް 2024ވާ ހޯމަ ދުވަހުގެ 11:00 ގައި މި ޑިޕާޓްމަންޓް މިހާރު ހިނގަމުންދާ ހ، އަޝްރަފީވިލާ 3 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ގައި އޮންނާނެއެވެ.
  4. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  5. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 22 އޭޕްރިލް 2024ވަނަ ދުވަހުގެ ކުރިން މި އިޢުލާނުގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 25 އޭޕްރިލް 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ޑިޕާޓްމަންޓް މިހާރު ހިނގަމުންދާ ހ، އަޝްރަފީވިލާ 3 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ގައެވެ. 
  7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  8. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  ޕްރޮކިއުމަންޓް ސެކްޝަން

  ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް

  އަސްރަފީވިލާ، 2 ވަނަ ފަންގިފިލާ

  ފޯން:  4003966

  އީ-މެއިލް: [email protected]

15 އޭޕްރިލް 2024
ހޯދާ