އދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ލޯންޗު ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުން

މިސްކޫލް ހިމެނޭ ޒޯންގެ ރަށްތަކުން  އެސް.އެސް.ސީ އިމްތިހާންގެ ޕޭޕަރުތައް މާލެ ގެނައުމަށްޓަކައި ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ވީމާ، މިދަތުރުތައް ކުރުމަށް ޝައުވެރިވެލައްވާ ފަރާތްތަކުން އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  • މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 16 އޭޕްރީލް 2024 އިން  17 އޭޕްރީލް 2024 އަށް 9:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ ފޯނުން ގުޅައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
  • މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 16 އޭޕްރީލް 2024 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން ތިރީގައިވާ އީ-މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • ބިޑް ހުޅުވުން އޮންނާނީ 22 އޭޕްރީލް 2024 ވާ ހޯމަ ދުވަހުގެ 10:00 ގައި އދ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.        

            ބީލަން ހުށައަޅަންވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " އިމްތިހާން ޕޭޕަރތައް ނެގުމަށް މިޒޯންގެ ރަށްތަކަށް ދަތުރުކޮށްދޭނެ ފަރާތެއް ހޯދުން"  މިހެން ލިޔެފައި އޮންނަންވާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މި ސްކޫލްގެ 6680024 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

            ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

15 އޭޕްރިލް 2024
ހޯދާ