މަޤާމު
|
މަސައްކަތު
|
ރޭންކް.
|
އެސް.އެސް 1
|
ކްލެސިފިކޭޝަން.
|
ސަޕޯޓް ސްޓާފް ގްރޭޑް 1
|
މަޤާމުގެ ގިންތި
|
ދާއިމީ
|
ސަރވިސް
|
ސަޕޯޓް ސަރވިސް
|
އޮފީސް /ސެކްޝަން:
|
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާ/އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް
|
މަސައްކަތްކުރަންޖެހޭތަން
|
މިސްކިތްތަކުގައި
|
މުސާރަ.
|
-/3100ރ.
|
ސަރވިސް އެލަވަންސް.
|
-/1000ރ.
|
ބޭނުންވާ އަދަދު.
|
01
|
މަޤާމުގެ ޝަރުޠުތައް:
|
- ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުން.
ނުވަތަ
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި (މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި) 3 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް.
|
- ކޮންމެ ނަމާދުވަގުތެއްގެ 15 މިނެޓްކުރިން މިސްކިތަށް ހާޒިރުވެ މިސްކިތުގެ ކަންތައްތައް ބަލައި ރަނގަޅުކުރުން.
- ކޮންމެ ނަމާދުވަގުތަކަށް މިސްކިތުގެ އެތެރެ ފޮޅައި ސާފުކުރުން.
- މިސްކިތުގައި ހަރުކޮށްފައިވާ ފަންކާތައް ހަފްތާއަކު 1 ފަހަރު ފޮޅައި ސާފުކުރުން.
- މިސްކިތުގެ ދޮރާއި ދޮރުފަތްތައް ހަފްތާއަކު 1 ފަހަރު ފޮޅައި ސާފުކުރުން.
- ކޮންމެ ނަމާދުވަގުތަކަށް މިސްކިތުގެ ކުޑަދޮރުތައް ހުޅުވުމާއި، ނަމާދުކޮށް ނިމުމުން ކުޑަދޮރުތައް ލެއްޕުން.
- ޢިޝާނަމާދުކޮށްގެން މިސްކިތް ލައްޕާއިރު، މިސްކިތުގެ ހުރިހާ ފަންކާތަކާއި، އެއްލައިޓް ފިޔަވައި ހުރިހާ ލައިޓްތައް ނިއްވުން.
- މިސްކިތުގައި ޖަހާފައި ހުންނަ ފަންކާ، އަޅުކަން ކުރަން ތިބޭ މީހުންގެ ނިސްބަތަށް ބަލައި ނިއްވުން.
- މިސްކިތުގެ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- މިސްކިތް ފޮޅައި ސާފުކުރުމަށް ބޭނުންވާ ސާމާނާއި، މިސްކިތަށް ބޭނުންވާ އެހެނިހެން ސާމާނު އިމާމު މެދުވެރިކޮށް ކައުންސިލް އިދާރާއިން ހޯދުން.
- ކޮންމެ ނަމާދުވަގުތެއްގެ 15 މިނެޓްކުރިން މިސްކިތަށް ހާޒިރުވުމާއި، ޖަމާޢަތުގައި ނަމާދުކޮށް ނިމިގެން 15 މިނެޓް ވަންދެން މިސްކިތުގައި މަޑުކުރުން.
- މިސްކިތާ ގުޅިފައިވާ މަގުތަކާއި ގޯޅިތައް ސާފުކުރުން (މަގުގެ އަނެއްފަރާތުގައި ހުސްބިން އޮތްނަމަ މުޅިމަގު ސާފުކުރަންވާނެއެވެ. ސަރުކާރުގެ ޢިމާރާތެއް ނުވަތަ ގޯއްޗެއް އޮތްތަނަމަ މަގުގެ ދެބައިކުޅައެއްބައި ސާފުކުރަންވާނެއެވެ.)
- މަތީގައިވާ ކަންތައްތައް ފިޔަވައި މިސްކިތާ ގުޅުންހުރި ކަންތައްތަކުގައި ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލެވޭނެ ކަންތައްތައް.
|
- ތަޢުލީމާއި ތަމްރީނު
- މަސައްކަތުގެ ތަޖުރިބާ
- މަސައްކަތުގެ ހުނަރާއި ފެންވަރު އަދި ޤާބިލުކަމާއި ސިފަތައް
|
އިންޓަރވިއު އަދި ޕްރެކްޓކަލްސް އޮންނާނެ ތަނާއި މުއްދަތު
|
- މިމަޤާމަށް މީހަކު ހޮވުމަށްޓަކައި ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
- އިންޓަރވިއުއަށް ހާޒިރުވާނީ ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި، ލިޔުންތަކުގެ އަސްލު ހިފައިގެންނެވެ.
|
މަޤާމާށް އެދެންވީ ގޮތާއި ސުންގަޑި
|
2015 މޭ 07 ވަނަ ދުވަހުގެ 14:30 ގެ ކުރިން ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާއަށް
|
އުޖޫރައާއި އިނާޔަތްތައް.
|
- މަޤާމުގެ މުސާރަ -/3100ރ
- ސާރވިސް އެލަވަންސް -/1000ރ
- ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން ބަންދު ދުވަހުގެ އެލަވަންސް ދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކުރާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން، ލިޔެފައިވާ ލިޔުންތައް ކިޔަށް އެނގޭފަދަ ކޮޕީއެއް.
- ވަޒީފާއެއްގައި އުޅޭ ފަރާތެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ދޫކުރާނެކަމުގެ ލިޔުން.
|
އިތުރު މަޢުލޫމާތު
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6820019 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީވެސް 6820019 އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ދުވަސްތަކުގައި މިއިދާރާއަށް ވަޑައިގެންނެވުމުން އެމަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
|