ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
މިމުއައްސަސާގެ ޅ.ނައިފަރު ޕޮލިސް ސްޓޭޝަންގައި ބޭނުންކޮށްފައިވާ 01 މޮޓޯ ސައިކަލް ނީލަމުގައި ވިއްކާލުމަށް

ނީލަން ކިއުން

 

  1. މިމުއައްސަސާގެ ޅ.ނައިފަރު ޕޮލިސް ސްޓޭޝަންގައި ބޭނުންކޮށްފައިވާ 01 މޮޓޯ ސައިކަލް ނީލަމުގައި ވިއްކާލުމަށް މި މުއައްސަސާގެ ނަންބަރު 171-M(F3)/IUL/2024/009 ގައި ކުރެވުނު އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ ދެންނެވުނު އިޢުލާން ބާތިލްކޮށް މި ތަކެތި ނީލަމުގައި ވިއްކާލުމަށް އަލުން ހުޅުވާލަމެވެ.
  2. ނީލަމުގައި  ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްހީރަސް ކޮށްފައިވާ " ނީލަމުގައި ރަޖިސްޓަރީވާ ފޯމް " ފުރިހަމަ ކުރެއްްވުމަށްފަހު މިމުއައްސަސާގެ އީ-މެއިލް [email protected]  އަށް މެއިލްކޮށް އަދި [email protected] އަށް ކޮޕީ ފޮނުވުމުން ނީލަމުގައި ރަޖިސްޓްރީވިކަމުގެ މެއިލްކުރެވޭނެއެވެ.
  3. ނީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2024 އޭޕްރިލް 22 ވަނަ ދުވަހުގެ 11:00 އެވެ. ނީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ނީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  4. ނީލަން ކިޔާތަކެތި ދައްކާލުން އޮންނާނީ 2024 އޭޕްރިލް 23  ވަނަ ދުވަހުގެ 10:00 ގައި ޅ.ނައިފަރު ޕޮލިސް ސްޓޭޝަންގައިއެވެ.
  5. ނީލަން ކިއުން އޮންނާނީ  2024 މާރޗް 24 ދުވަހުގެ 10:00 ގައި  އިސްކަންދަރު ކޮށި 1 ގައެވެ. ނީލަން ކިޔާނީ ހާޒިރީންގެ ހާޒިރުގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ. ގަޑި ޖެހުމަށްފަހު ހާޒިރުވާ ފަރާތަކަށް ނީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ  ދަންނަވަމެވެ.
  6. ނީލަަން ކިއުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ ގޮތުގެމަތިން ނީލަމުގައި ރެޖިސްޓަރީ ވުމަށް އެދި ފޯމް ހުށަހަޅާގައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
15 އޭޕްރިލް 2024
ހޯދާ