ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ލެބޯޓްރީއަށް ބޭނުންވާ އޮޓޮމޭޓެޑް މައިކްރޯބަޔޮލޮޖީ އެނަލައިޒަރ އަދި އޮޓޮމޭޓެޑް ބްލަޑް ކަލްޗަރ އެނަލައިޒަރ ސަޕްލައިކޮށް، މި މެޝިންތަކަށް ބޭނުންވާ ކޮންސިއުމަބަލްސް އާއި ރީއެޖެންޓްސް 5 އަހަރުގެ މުއްދަތަށް "ރެންޓަލް ބޭސިސް" އަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނުގެ އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމަށް.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ލެބޯޓްރީއަށް ބޭނުންވާ އޮޓޮމޭޓެޑް މައިކްރޯބަޔޮލޮޖީ އެނަލައިޒަރ އަދި އޮޓޮމޭޓެޑް ބްލަޑް ކަލްޗަރ އެނަލައިޒަރ ސަޕްލައިކޮށް، މި މެޝިންތަކަށް ބޭނުންވާ ކޮންސިއުމަބަލްސް އާއި ރީއެޖެންޓްސް 5 އަހަރުގެ މުއްދަތަށް "ރެންޓަލް ބޭސިސް" އަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް 25 މާރިޗު 2024 ވަނަ ދުވަހު ކުރެވުނު ނަންބަރު (IUL)KRH/PLD/2024/33 އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތު ވަނީ އިތުރު ކުރެވިފައެވެ. ގެޒެޓް ކުރެވިފައިވާ އެނެކްސް 1 އެވަނީ މި އިޢުލާނާ ގުޅޭ ރިވައިޒް ކުރެވިފައިވާ ހޮސްޕިޓަލަށް ބޭނުންވާ އޮޓޮމޭޓެޑް މައިކްރޯބަޔޮލޮޖީ އެނަލައިޒަރ އަދި އޮޓޮމޭޓެޑް ބްލަޑް ކަލްޗަރ އެނަލައިޒަރގެ ސްޕެސިފިކޭޝަންއެވެ.

ވީމާ، މި މެޝިންތައް ސަޕްލައިކޮށް އިންސްޓޯލްކޮށް ދިނުމަށް ޝައުގުވެރިކަން ފާޅުކޮށް ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މިކަން ދަންނަވަމެވެ. އަދި ތިރީގައި ބަޔާންކޮށްފައިވާ ތާރިޙުގައި އަންދާސީ ހިސާބު ހުށަހެޅުމަށް ހާޟިރުވެ ވަޑައިގަތުމަށް އެދި ދެންނެވީމެވެ.

ނޯޓް: އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 ބީލަން ހުށަހެޅުން

  • ތަން: އަލިމަސް މާލަން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)          
  • ތާރީޚް: 25 އެޕްރީލް 2024 (ބުރާސްފަތި)
  • ގަޑި: 11:00 ގައި
15 އޭޕްރިލް 2024
ހޯދާ