ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ހދ އަތޮޅު ޞިއްޙީ މަރުކަޒުތަކުގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމް ހިންގައިދޭނެ ފަރާތެއް ހޯދުމަށް.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ހދ އަތޮޅު ޞިއްޙީ މަރުކަޒުތަކުގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)KRH/PLD/2024/22 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ބީލަމެއް ހުށަހަޅާފައި ނުވާތީ، ކުރެވުނު އިޢުލާން ބާޠިލު ކުރުމަށްފަހު، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް، މި މަސައްކަތް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކާއި ހިއްސާކުރެވޭނެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާނަމަ ތިރީގައިވާ މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް މި ބީލަމުގައި ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

  1. ޚިދުމަތް/ތަކެތި ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
  2. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ރެޖިސްޓްރޭޝަން ލިންކް https://forms.gle/gx4qg6UnkdcN9aP87 މެދުވެރިކޮށް، 14 އެޕްރީލް 2024 ވާ އާދިއްތަ ދުވަހުން ފެށިގެން 25 އެޕްރީލް 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން ފޯމް ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ.
  3. މި ބީލަމުގައި ރަޖިސްޓްރީ ވުމުން ރަސްމީ 1 (އެކެއް) ދުވަސްތެރޭ ކޮންފޮމޭޝަން މެސެޖް އަދި މި ބީލަމުގެ މަޢުލޫމާތު ކަރުދާސް ރަޖިސްޓްރީވާ ފަރާތްތަކާއި ހިއްސާކުރެވޭނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅު އަރުވަމެވެ.
  4.  މި ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް ރަޖިސްޓްރީވުމުން ލިބިނުލައްވާނަމަ، ރަސްމީ ގަޑީގައި މި ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ނަންބަރު 6521665 އަށް ގުޅުއްވައި އެކަން އެންގުމަށް ދެންނެވީމެވެ.
  5. މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވެލައްވާ ނަމަ 14 އެޕްރީލް 2024 ވާ އާދިއްތަ ދުވަހުން ފެށިގެން 25 އެޕްރީލް 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected]  އަށް އީމެއިލް ކުރައްވާ[email protected]  އަށް މެއިލް ކޮޕީ ކުރެއްވުމަށް ދަންނަވަމެވެ. އަދި އީ-މެއިލް ފޮނުވާއިރު ސަބްޖެކްޓުގައި އިޢުލާން ނަންބަރު ޖެއްސެވުމަށް އެދެމެވެ.
  6. އީ-މެއިލް ފޮނުވުމަށްފަހު މެއިލް ލިބުނުކަން ޔަޤީން ކުރެއްވުމަކީ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތުގެ ޒިންމާއެކެވެ.
  7. މި ބީލަމާއި ގުޅިގެން ރަޖިސްޓްރީވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށްޓަކައި 28 އެޕްރީލް 2024 ވާ އާދިއްތަ ދުވަހު 10:00 ގައި ގޫގުލް މީޓްސް މެދުވެރިކޮށް އޮންލައިން ސެޝަންއެއް ބޭއްވޭނެއެވެ. މި މީޓިންގެ ލިންކް 15 މިނެޓް ކުރިން ބައިވެރިވާ ފަރާތްތަކާއި އީ-މެއިލް މެދުވެރިކޮށް ހިއްސާކުރެވޭނެއެވެ.
  8. މި ބީލަމުގައި ރަޖިސްޓަރ ވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބޭއްވޭ އޮންލައިން ސެޝަންގައި ބައިވެރިވުމަކީ މި ހޮސްޕިޓަލުގެ ވަރަށް ބޮޑު އެދުމެކެވެ.
  9. މި ބީލަމުގައި ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.

ބީލަން ހުށަހެޅުން

  • ތަން: އަލިމަސް މާލަން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)          
  • ތާރީޚް: 5 މެއި 2024 (އާދިއްތަ ދުވަސް)
  • ގަޑި: 11:00 ގައި
14 އޭޕްރިލް 2024
ހޯދާ