މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
މޯލްޑިވްސް ވިޒިޓަރ ސާރވޭ ކޮށްދޭނެ ފަރާތެއް ހޯދުމަށް

މޯލްޑިވްސް ވިޒިޓަރ ސާރވޭ

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އަމާޒުކުރެވިގެން މިމިނިސްޓްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ވިޒިޓަރ ސަރވޭ" ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

މިސާރވޭއަކީ، ފަތުރުވެރިން ރާއްޖެއާމެދު ދެކޭގޮތާއި، ރާއްޖޭގައި ފައިސާ ހޭދަކުރާގޮތާއި، މިނޫންވެސް ފަތުރުވެރިންނާ ގުޅުންހުރި މިފަދަ މަޢުލޫމާތު ހޯދުމަށް، އަހަރަކު ދެފަހަރު މަތިން، ތިން އަހަރުގެ މުއްދަތަކަށް ރޭވިގެން ކުރިއަށް ގެންދިއުމަށް ގަސްތުކުރެވިފައިވާ ސާރވޭއެކެވެ. މިސާރވޭގެ 'ޓީ.އޯ.އާރ' މިމިނިސްޓްރީގެ ވެބްސައިޓް www.tourism.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 މޭ 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 07 މޭ 2015 ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

01 ރަޖަބު 1436

20 އޭޕްރިލް 2015
ހޯދާ