ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސަރވިސް ސްޕަވައިޒަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

ސަރވިސް ސްޕަވައިޒަރ

ވަޒީފާގެ ދާއިރާ:

ޓްރާންސްޕޯޓް، ލޮޖިސްޓިކްސް އެންޑް ކޮންސްޓްރަކްޝަން ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

01

މުސާރަ:

-/9,500ރ އާއި -/20,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ހުޅުމާލެ ޓްރާންސްޕޯޓް ޔުނިޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ ޑިއުޓީ ރޯސްޓަރ ހެދުމާއި ޑިއުޓީ ތަކަށް މުވައްޒަފުން ހަމަކުރުން
  • ހުޅުމާލެ ޓްރާންސްޕޯޓް ޔުނިޓް އަދި ވެހިކަލް ވޯރކްޝޮޕާއެކު ކުރެވުނު މަސައްކަތައް ޔައުމިއްޔާކުރުމާއި ޑިޕާރޓްމަންޓްގެ ޔައުމިއްޔާއަށް  ކޮންމެ ދުވަހަކު މައުލޫމާތު ފޮނުވުން
  • ކުންފުނީގެ ފަރާތުން ކުރަންޖެހޭ އެއްގަމުގެ ދަތުރުތައް ދަތުރުނޯކުރާފޯމް ގައި ނޯޓްކޮށް ދަތުރުތަކަށް މީހުން ފޮނުވާ ރެކޯޑް ބެލެހެއްޓުން
  • ވެހިކަލްތަކަށް ތެޔޮއެޅުމަށް ފޯމްހެދުމާއި، ތެޔޮއެޅުމުގެ ކަންތައްހިންގުމާއި، ރިކޯޑް ބެލެހެއްޓުން
  • މަންތުލީ ރިޕޯޓަށް ބޭނުންވާ މައުލޫމާތު އެއްކޮށް އެމައުލޫމާތުތައް މަންތުލީ ރިޕޯޓް ހަދާ މުވައްޒަފަށް ފޮނުވުން
  • ވެހިކަލް ހިދުމަތް ހޯދުމަށް އަންނަ ކޯލްތަކަށް ޖަވާބުދާރީވުން
  • ޑްރައިވަރުންގެ ދަތުރުތައް މޮނިޓަރކޮށް ބެލެހެއްޓުން
  • ކޮންދުވަހަކުވެސް ވެހިކަލްތައް ފުހެސާފުކުރޭތޯ ބަލާޗެކް ކުރުން:އަދި ސާފުނުކުރާނަމަ ޑްރައުވަރުން ލައްވާސާފުކުރުވުން
  • ޑްރައިވަރުންގެ ސާފުތާހިރުކަން ބަލާ ސާފްތާހިރުނޫންނަމަ އެކަން އަންގާ އިސްލާޙުކުރުވުން
  • ވެހިކަލްތައް ފުހެސާފުކުރާ ސާމާނު ހަމަތޮބަލާ ޗެކްކޮށް ނެތްނަމަ އެފަދަތަކެތިހޯދައިދިނުން
  • މިނޫނަސް ވެހިކަތްކަށް ބޭނުންވާ އެންމެހާތަކެތި ހޯދާދިނުމުގައި ޑްރައިވަރުންނަށް އެހީތެރިވެދިނުން
  • ޔުނިޓަށް ބޭނުންވާ ތަކެތި ހޯދުމަށް ސްޓޯރަށް އެދުމާއި، އެތަކެތި ސްޓޯރުން ޔުނިޓަށް ގެނެސް ބެލެހެއްޓުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

16 އެޕްރީލް 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 16 އެޕްރީލް 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިންގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މިވަޒީފާއަކީ 06 މަސް ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 06 މަސް ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

05 ޝައްވާލް 1445

14 އެޕްރީލް 2024

14 އޭޕްރިލް 2024
ހޯދާ