މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީ ވިލިނގިލި ފެރީ ޓާމިނަލްގައި ޤާއިމްކުރެވިފައިވާ ޓަކްޝޮޕް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް:

އެމްޓީސީސީ ވިލިނގިލި ފެރީ ޓާމިނަލްގައި ޤާއިމްކުރެވިފައިވާ ޓަކްޝޮޕް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: MTCC-PD/IU/2024/0008 (25 ޖަނަވަރީ 2024) އިޢުލާން ބާތިލްކޮށް މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލު

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

14 އޭޕްރިލް 2024

އާދިއްތަ

11:00

އަންދާސީ ހިސާބު ހުށަހެޅުން

23 އޭޕްރިލް 2024

އަންގާރަ

11:00

މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ މީޓިންގްރޫމަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.

08 އޭޕްރިލް 2024
ހޯދާ