ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޤްތިޞާދީ މަސައްކަތް ކުރުމަށްޓަކައި ދެކުނު ސިނާއީ ސަރަހައްދުން ބިން/އިމާރާތް ކުއްޔަށް ދޫކުރުން

އިޢުލާން

 

ތާރީޚް: 07 އޭޕްރިލް 2024

ނަންބަރ: (IUL)327-A/327/2024/95

އިޤްތިޞާދީ މަސައްކަތް ކުރުމަށްޓަކައި ދެކުނު ސިނާއީ ސަރަހައްދުން ބިން/އިމާރާތް ކުއްޔަށް ދޫކުރުން

                   

އިޤްތިޞާދީ މަސައްކަތް ކުރުމަށްޓަކައި ދެކުނު ސިނާއީ ސަރަހައްދުން ބިން/އިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެން ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ބީލަމުގައި ބައިވެރިވެ، އަގު ހުށަހެޅުއްވުން އެދެމެވެ.   

ބީލަމުގައި ރަޖިސްޓްރީ ވުން                 

ބީލަމުގައި ރަޖިސްޓްރީ ވުމުގެ މުއްދަތު:

07 އޭޕްރިލް 2024 އިން 24 އޭޕްރިލް 2024 (10:00) އަށް

މަޢުލޫމާތު ސާފުކުރުން:

07 އޭޕްރިލް 2024 އިން 24 އޭޕްރިލް 2024 (10:00) އަށް

ގުޅޭނެ ނަންބަރ:

6620130

އީމެއިލް އެޑްރެސް:

[email protected] އަދި [email protected] އަށް ސީސީ ކުރަންވާނެއެވެ.

ރަޖިސްޓްރޭޝަން ފީ:

-/100 (އެއްސަތޭކަ) ރުފިޔާ

ނޯޓް: ފައިސާ ދެއްކުމަށް ފަހު، ވިޔަފާރީގެ ނަން، އީމެއިލް އެޑްރެސް އަދި ވެރިފަރާތުގެ މަޢުލޫމާތު 7247788 އަށް ވައިބަރ އަށް އަދި [email protected] އީމެއިލް އަށް ފޮނުއްވާ [email protected] އަށް ސީސީ ކުރަންވާނެއެވެ.

ފައިސާ ދެއްކުން:

އިންޓަރނެޓް ބޭންކިން މެދުވެރިކޮށް

އެކައުންޓް ނަން: 1370 Revenue 1

އެކައުންޓް ނަންބަރ: 7705700335001

ޕްރީބިޑް މީޓިންގ:

މި ބިޑާއި ގުޅިގެން ޕްރީބިޑް މީޓިންގ އެއް ނޯންނާނެ.

ބީލަން ހުށަހެޅުން                                      

ބީލަމުގައި ހުށަހެޅުމުގެ ސުން ގަޑި:

24 އޭޕްރިލް 2024 ބުދަ (13:00) އަށް

ބީލަން ހުށަހެޅުމުގެ މީޓިން އޮންނާނެ ތަން:

ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ

ބީލަން ހުށަހަޅާއިރު:

  • ހުށަހަޅާ ބީލަން އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ.
  • ސިޓީ އުރާގެ ބޭރުގައި " އިޤްތިޞާދީ މަސައްކަތް ކުރުމަށްޓަކައި ދެކުނު ސިނާއީ ސަރަހައްދުން ބިން/އިމާރާތް ކުއްޔަށް ދޫކުރުން" ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންތައް ކެނޑުމަށް ހަމަޖެހިފައިވަނީ، ބީލަން ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.
  • ބީލަން ހުށަހެޅޭނީ، ކަނޑައެޅިފައިވާ ވަގުތުގައި، ނައިފަރު ކައުންސިލްގެ އިދާރާއަށް ދުރުވެ، ބީލަން ހުށަހެޅުމުގެ މީޓިން ގައި ބައިވެރިވެގެންނެވެ.

ބީލަމުގައި ބައިވެރިވެވޭ ފަރާތްތައް:

މި ބީލަމުގައި ރަޖިސްޓްރީވުމަށް ފައިސާ ދައްކާފައިވާ ފަރާތަކަށް ނޫނީ އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނެއެވެ.

07 އޭޕްރިލް 2024
ހޯދާ