ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިޑުކޮމެޓީގެ 2024 ވަނަ އަހަރުގެ 13 ވަނަ ޖަލްސާގެ ނިންމުން އާންމުކުރުން

އިޢުލާން

ތާރީޚް: 4 އޭޕްރިލް 2024

ނަންބަރ: (IUL)327-A/327/2024/92

ބިޑުކޮމެޓީގެ ނިންމުން އާންމުކުރުން

                        

ތިރީގައި އެވަނީ 3 އޭޕްރިލް ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2024 ވަނަ އަހަރުގެ 13 ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.

1)     ކުޑަކުދިންގެ ޕާކް ތަރައްޤީކުރާ ބިމުގައި ބެލެނިވެރިންގެ ހިޔާ ތަރައްޤީކުރުމަށް ނައިފަރު ކައުންސިލާއި އެޗް ވޯކްސްއާއި އެކު ވެފައިވާ ނަމްބަރު (AGR)327-A/PRIV/2024/9 އެއްބަސްވުމާއި ގުޅިގެން އެޗް ވޯކްސްއިން 29 މާރޗް 2024 ގައި ފޮނުވާފައިވާ ސިޓީއާއި ގުޅިގެން ބެލިބެލުމުން، "ޓިނުގެ ކައިރިފަށުގައި ލައިސާޓު ތިނބި ޖެހުން" މި މަސައްކަތަކީ އެޗްވޯކްސްއާއި އެކު ނައިފަރު ކައުންސިލުން ހަދާފައިވާ ނަންބަރު (AGR)327-A/PRIV/2024/9 އެއްބަސްވުމުގެ ދަށުން އެފަރާތާއި ކުރަން ހަވާލުކުރެވިފައިވާ މަސައްކަތުގެ ތެރޭގައި ހިމެނޭ މަސައްކަތަކަށް ވުމުން، އިތުރުކުރެވޭ މަސައްކަތުގެ ތެރެއިން މި މަސައްކަތް އުނިކުރުމަށާއި، ދެން އިތުރަށް ކުރަން ހުށަހަޅާފައިވާ ދެ މަސައްކަތުގެ ޖުމްލަ އަގު ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.49 ގެ (ނ) ގައި ބަޔާންކުރާ އަގަށް ވުރެން ބޮޑުވާތީ އެ ދެ މަސައްކަތުގެ ތެރެއިން އެއްބަސްވެވިފައިވާ މަސައްކަތް ފުރިހަމަ ކުރުމަށް ފުރާޅުގައި އެލުމިނިއަމް ފޮއިލް ޝީޓް އެޅުން މުޙިއްމުވާތީވެ، ހަމައެކަނި މި މަސައްކަތް އިތުރަށް ކުރުމަށާއި، މިމަސައްކަތުގެ އަގުކަމަށްވާ 19،825ރ ގެ ވޭރިއޭޝަން ގެނެސް އެއްބަސްވުމަށް ބަދަލު ގެނައުމަށް ފެންނަކަމަށާއި، އިތުރު ކުރެވޭ މަސައްކަތް ނިންމުމަށް 17 ދުވަސް އިތުރުކުރުމަށް ފެންނަކަމަށް ނިންމުން.

2)     ނައިފަރުގައި ބެހެއްޓިފައިވާ ޔުޓިލިޓީ އައުޓްލެޓްތަކަށް ފެނާއި ކަރަންޓް ގުޅުމުގެ މަސައްކަތަށް (ފޭސް 3) ހެދިފައިވާ ނަންބަރ (AGR)327-A/PRIV/2024/29) އެއްބަސްވުމާއި ގުޅިގެން ނައިފަރު ކައުންސިލުން އެދިގެން ބަދަލު ގެނެވިފައިވާ މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރ ހުށަހަޅާފައިވާ އަގަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.49 ގެ (ނ) ގައި ބަޔާންކުރާ އަގަށް ފެތޭ އަގެއް ކަމުގައިވާތީ އާއި އަދި އެ މާއްދާގެ (ރ) ގައި ބަޔާންކުރާ މަސައްކަތުގެ މައިގަނޑު ސްކޯޕްއަށް ބަދަލު ނާންނާތީ، ޓީ އޭ ސީ ކޮންސްޓްރަކްޝަނުން ހުށަހަޅާފައިވާ 12،500ރ ގެ ވޭރިއޭޝަން ގެނައުމަށާއި ، އެގްރިމެންޓްގެ މުއްދަތަށް 6 ދުވަސް އިތުރުކުރުމަށް ފެންނަކަމަށް ނިންމުން.

3)     ނައިފަރު ކައުންސިލް އިދާރާއަށް އިންފޮމޭޝަން ޓެކްނޮލޮޖީ ކޮންސަލްޓަންޓަކު ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)327-A/327/2024/72 އިޢުލާނާއި ގުޅިގެން ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ލިޔެކިޔުން ތަކަށް ބަލާއިރު ޓާރމްސް އޮފް ރިފަރެންސްގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތު ހަމަވާ އެއްވެސް ފަރާތެއް ނެތްކަމަށްވުމުން،  ޓާރމްސް އޮސް ރިފަރެންސް ގެ 13 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން ޕްރޮޕޯސަލްތަށް ބާތިލްކޮށް އަލުން އިޢުލާން ކުރަން ފެންނަކަމަށް ނިންމުން.

4)     ނައިފަރު ކައުންސިލުން ދެމުންގެންދާ ޚިދުމަތްތައް ޑިޖިޓަލައިޒް ކޮށް ފަސޭހަކަމާއިއެކު ލިބޭނެ މަގުފަހި ކުރުމަށްޓަކައި "ނައިބޮލި" ނަމުގައި ސިޓިޒަންސް ޕޯޓަލްއަކާއި މެނޭޖްމަންޓް ޕޯޓަލްއެއް ތަރައްޤީ ކުރުމަށް ކުރެވުނު ނަންބަރު (IUL)327-A/327/2024/61 އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅާފައިވަނީ އެންމެ ފަރާތެއް ކަމުގައިވެފައި އެފަރާތުން ހުށަހަޅާފައިވާ އަގަކީ މި މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓަށް ފެތޭ އަގެއްކަމުގައިވާތީ އިވެލުއޭޝަން ކޮމެޓީގެ ރިކޮމެންޑޭޝަނާއި އެއްގޮތަށް މި ބީލަން އެކްސްކޯޕް ޕްރައިވެޓް ލިމިޓެޑަށް އެވޯޑް ކުރަން ފެންނަކަމަށް ނިންމުން.

 

 ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

 

                                 4 އޭޕްރިލް 2024

04 އޭޕްރިލް 2024
ހޯދާ