އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ހއ. އުތީމު، ނ. ލަންދޫ، ވ. ފެލިދޫ ކައުންސިލްގެ މެންބަރު އަދި ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން - ކެންޑިޑޭޓުންގެ ގުރުއަތުނެގުން

(IUL)38-AC/38/2024/240 :ނަންބަރު

އިޢުލާން

ހއ. އުތީމު، ނ. ލަންދޫ، ވ. ފެލިދޫ ކައުންސިލްގެ މެންބަރު އަދި ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން

2024 މޭ 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހއ. އުތީމު އަދި ނ. ލަންދޫ ކައުންސިލްގެ މެންބަރު އަދި ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުމަށް ހަމަޖެހިފައިވާ ތާރީޚު، ގަޑި އަދި ތަން މި ދަންނަވަނީއެވެ.

ގުރުއަތުނެގުން ކުރިޔަށްދާނެ ތާރީޚު، ގަޑި އަދި ތަން

ދާއިރާ

ތަން

ތާރީޚު އަދި ދުވަސް

ގަޑި

ހއ. އުތީމު

ހއ. އުތީމު ކައުންސިލްގެ އިދާރާ

6 އެޕްރީލް 2024، ހޮނިހިރު

11:00

ނ. ލަންދޫ

ނ. ލަންދޫ ކައުންސިލްގެ އިދާރާ

6 އެޕްރީލް 2024، ހޮނިހިރު

11:00

ރ. އިންނަމާދޫ

ރ. އިންނަމާދޫ ކައުންސިލްގެ އިދާރާ

6 އެޕްރީލް 2024، ހޮނިހިރު

11:00

އަދި ދަންނަވަމެވެ. އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތުނަގާ ތަނަށް ވަޑައިގެންދެއްވުން އެދެމެވެ. ކެންޑިޑޭޓަށް ހާޟިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ފަރާތުން ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއް ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއަކާއެކު ވަޑައިގެންދެއްވުން އެދެމެވެ. އެހެން ނަމަވެސް، ކެންޑިޑޭޓު ނުވަތަ ބަދަލުގައި ބޭފުޅަކު ހާޟިރު ނުވާނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުންނެވެ. 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާނުކުރީމެވެ.

04 އޭޕްރިލް 2024
ހޯދާ