މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިވެލުއޭޝަން އާންމުކުރުން

        މި އިދާރާގެ ނަންބަރު (IUL)335-AS/335/2024/27   ފުޓްސަލް ދަނޑުގެ ޓަރފް އެޅުމުގެ އެންމެހައި މަސައްކަތަށް  ކުރެވުނު އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅާފައިވަނީ 8 ފަރާތްތަކުންނެވެ. ތިރީގައި ދެންނެވިފައިވާ ފަރާތާއި ހަވާލުކޮށްގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށް މި ކައުންސިލްގެ  ބިޑް ކޮމެޓީ 2024 ވަނަ އަހަރުގެ 6 ވަނަ ޖަލްސާއިން ނިންމާފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

މި އިޢުލާންކުރާ ތާރީހުން ފެށިގެން ސްޓޭންޑް- ސްޓިލް މުއްދަތު ގުނަން ފެށޭނެއެވެ. މި ސްޓޭންޑް- ސްޓިލް މުއްދަތު ތެރޭގައި،

  • ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލަށް އެދެވިދާނެއެވެ. އަދި،
  • މި ބީލަން، އެހެން ފަރާތާކާއި ޙަވާލުކުރުމާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، ޝަކުވާ ހުށަހެޅޭނެއެވެ.

މަތީގައި ދެންނެވުނު ކަންތައްތައް ކުރިއަށް ގެންދަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤަވައިދުގެ 10.53 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 5 (ފަހެއް) ދުވަހުގެ ތެރޭގައެވެ.

 1.     ބީލަން ޙަވާލު ކުރަން ނިންމާފައިވާ ފަރާތް:-

ކުންފުނީގެ ނަން:-

Maldives Assure Supply

 2.     ޕޮއިންޓް ދެވުނު ޝީޓް

 

      ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލް ނުވަތަ ބީލަމާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ 18 އޭޕްރީލް 2024  ވަނަ ދުވަހުގެ 14:00 އެވެ. މި ތާރީޚްގައި ސްޓޭންޑް-ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން ތިރީގައިވާ އީ.މެއިލްއަށް، ހުށަހަޅަންވާނެއެވެ. އީ.މެއިލް :[email protected] ފޯން:- 6642024 

03 އޭޕްރިލް 2024
ހޯދާ