އައްޑުއަތޮޅު ހުޅުދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ދެންނެވުން

ދެންނެވުން

 

            1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައަޅުއްވާފައިވާތީ، މި ދުވަސްތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޯޓު އަމުރުތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާއި، ކޮންމެހެން ބާއްވަންޖެހޭ ޝަރީޢަތްތަކުގެ މަޖިލިސްތަކާއި ބަނޑޭރި ޕޯޓަލް މެދުވެރިކޮށް މިކޯޓުން ބަލައިގަންނަންޖެހޭ ފައިސާއާއި ގުޅޭ މަސައްކަތްތައް އެކަނި ކަމުގައި ދެންނެވީމެވެ.

          އެހެންކަމުން ކޯޓު އަމުރުތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 11:00 އިން 13:00 އަށް ކުރިއަށް ދާނެއެވެ. ހުކުރު ދުވަހު މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ 14:00 އިން 15:00 އަށެވެ.

          އަދި ބަނޑޭރި ޕޯޓަލް މެދުވެރިކޮށް މިކޯޓުން ބަލައިގަންނަންޖެހޭ ފައިސާއާއި ގުޅޭ މަސައްކަތްތައް 01 އޭޕްރީލް 2024 އިން ފެށިގެން 04 އޭޕްރީލް 2024 ދުވަހުގެ 13:00ގެ ނިޔަލަށް ކުރިއަށް ދާނެ ކަމުގައިވެސް ދެންނެވީމެވެ. އޭގެ ފަހުން ދައްކާ ފައިސާ ޖަމާކުރެވޭނީ ޢީދު ބަންދުގެ ފަހުން ކަމުގައި ދަންނަވަމެވެ.

          މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

02 އޭޕްރިލް 2024
ހޯދާ