ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް
ދިވެހިރާއްޖެ
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާ 2024

2024 މާރިޗު 18 ވީ ހޯމަ ދުވަހު އެސް-އޯ މޯލްސްޑިވްސް އިން ކުރި ނަންބަރު SOM/IUL/2024/002 އިއުލާނާ ހަވާލާދީ ދަންނަވަމެވެ.

 

2024 އެޕްރީލް 02 ވާ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެސް-އޯ މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާ 2024 ފަސްކުރެވިފައިވާތީ، ދެން މި ޖަލްސާ އޮންނާނީ 2024 އެޕްރީލް 25 ވާ ބުރާސްފަތި ދުވަހުގައި ކަން އެސް-އޯ މޯލްޑިވްސްގެ މެންބަރުންގެ މައުލޫމާތަށްޓަކައި އާއްމުކޮށް އަންގާ އިއުލާނުކުރީމެވެ. އަދި ދަންނަވަމެވެ، މި ޖަލްސާގައި ބައިވެރިވުމަށް އެދޭ މެންބަރުން ޖަލްސާއަށް ރަޖިސްޓަރކުރުމަށްޓަކައި ފުރުސަތު ހުޅުވާލެވޭނެއެވެ.

 

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ އެސް–އޯ މޯލްޑިވްގެ ނަންބަރު 7776377 އާ ގުޅުއްވުން އެދެމެވެ.

27 މާރިޗު 2024
ހޯދާ