މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ރަމަޟާންމަހުގެ ފަހު 10 ގެ ދުވަސްތަކުގައި ޚިދުމަތް ފޯރުކޮށް ދިނުމާގުޅޭ

އިޢުލާން

ރަމަޟާންމަހުގެ ފަހު 10 ގެ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއްކަމުގައިވާތީ، މި މިނިސްޓްރީގެ ޚިދުމަތްތަކުގެ ތެރެއިން، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އައި ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާއި، ސަލާމަތީ ސެޓްފިކެޓްތަކުގެ މުއްދަތު ތިރީގައި މިދަންނަވާ ގޮތަށް އިތުރުކުރުމަށް ހަމަޖެއްސިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 

  1. އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސްގެ މުއްދަތު 05 މާރިޗް 2024 އިން 20 އޭޕްރިލް 2024 އާއި ދެމެދު ހަމަވާ  ލައިސަންސް 05 މެއި 2024 ގެ ނިޔަލަށް އިތުރުކުރުން.

 

  1. ކަނޑު އުޅަނދު  ދުއްވުމުގެ ލައިސެންސްގެ މުއްދަތު 05 މާރިޗް 2024 އިން 20 އޭޕްރިލް 2024 އާއި ދެމެދު ހަމަވާ  ލައިސަންސް 05 މެއި 2024 ގެ ނިޔަލަށް ނިޔަލަށް އިތުރުކުރުން.

 

  1. ސަލާމަތީ ސެޓިފިކެޓް ތަކުގެ މުއްދަތު 05 މާރިޗް 2024 އިން ފެށިގެން ހަމަވާ އުޅަނދުފަހަރުގެ ސެޓްފިކެޓްތައް 5 މެއި    2024 ގެ ނިޔަލަށް ނިޔަލަށް އިތުރުކުރުން.

އަދި ދަންނަވަމެވެ. މި މުއްދަތުގައި މި މިނިސްޓްރީގެ ކޯލް ސެންޓަރު ބަންދުވާނެއެވެ. ނަމަވެސް، [email protected] އީ-މެއިލް މެދުވެރިކޮށް ހުށަހަޅާ ސުވާލުތަކަށް ޖަވާބު ދެމުން ގެންދާނެއެވެ. އަދި މެރިޓައިމް ޑިޕަރޓްމަންޓުން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭ ގޮތުން ކޮންމެހެން ގުޅަންޖެހޭ ޙާލަތްތަކުގައި، (ހެނދުނު 09:00 އިން މެންދުރު 13:00 އާއި ދެމެދު) މި މިނިސްޓްރީގެ ނަންބަރު 7212719 ފޯނަށް ގުޅުއްވުމަށް ވެސް ދެންނެވީމެވެ.

18 ރަމަޟާން 1445

28 މާރިޗް   2024

28 މާރިޗު 2024
ހޯދާ