ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ކުރިނބީ މަސްޖިދުލް އީސާ ކަލޭފާނުގައި ކުރަންހުރި މަރާމާތު ކުރުމާއި އެއަރކޮންޑިޝަން ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ހދ. ކުރިނބީ މަސްޖިދުލް އީސާ ކަލޭފާނުގައި ކުރަންހުރި މަރާމާތު ކުރުމާއި އެއަރކޮންޑިޝަން ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުންބޭނުން ވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކޮށް، ރަޖިސްޓްރީކުރުމަށްފަހު ބިޑް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ބިޑް ރަޖިސްޓްރީކުރުން

ބިޑް ހުށަހެޅުން

އޮންލައިކް ފޯމު މެދުވެރިކޮށް:

ލިންކް: https://forms.gle/xCPmefjiYfukmb6P9

ތަން: ހދ. ކުރިނބީ ކައުންސިލްގެ އިދާރާގައި

31 މާރިޗު 2024 ވާ އާދިއްތަ ދުވަހުގެ 11:30 ގެ ކުރިން

03 އެޕްރީލް 2024 ވާ ބުދަ ދުވަހުގެ 11:30 ގައި

 

ބިޑް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީލިޔުމެއް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑް ހުށައަޅަން ހާޒިރުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެ އުޞޫލަކީ: ހުށަހަޅާ އެންމެ ކުޑައަގަށް 75 ޕޮއިންޓް، އެންމެ ކުރު މުއްދަތަށް 15 ޕޮއިންޓް އަދި ތަޖުރިބާއަށް 10 ޕޮއިންޓެވެ. މި މަސައްކަތުގެ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އާންމު ކުރީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 މާރިޗު 2024
ހޯދާ