މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭދަފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ

           

ނަމްބަރ: (IUL)320-PRM/320/2024/39

      

                             އިޢުލާނު

                 

އޭދަފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ

 

އޭދަފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތީގެ ގޮތުގައި 1200 (ބާރަސަތޭކަ) އަކަފޫޓްގެ 183 (ސަތޭކަ އައްޑިހަ ތިން ) ގޯތި ދޫކުރުމަށް ނިންމާ، ގޯތި ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފީމެވެ.

  • ފޯމު ދޫކުރުން 31 މާރިޗު 2024 ވަނަ ދުވަހުން ފެށިގެން ރަސްމީގަޑީގައި ކައުންސިލް އިދާރާއިން
  • ފޯމު ޑައުންލޯޑު ކުރުމަށް

https://drive.google.com/file/d/1XOtQvvjvdbN55jsuhSyg9k23KSKeXeMX/view?usp=sharing

 

  • ފޯމު އީމެއިލް ކުރާނަމަ : [email protected] (28 އޭޕްރީލް 2024 ވާ އާދީއްތަ ދުވަހުން ފެށިގެން 28 މެއި 2024 ވާ އަންގާރަ ދުވަހުގެ ނިޔަލަށް)
  • ރަމަޟާން މަހު ފޯމް ދޫކުރާ ގަޑި: ހެދުނު 10.00 ން 12.00 ( ހުކުރު / ހޮނިހިރު ފިޔަވައި)
  • ފޯމް ބަލައިގަތުން: 28 އޭޕްރީލް 2024 ވާ އާދީއްތަ ދުވަހުން ފެށިގެން 28 މެއި 2024 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ( ހެދުނު 9.30 ން 12.00 އަށް ރަސްމީގަޑީގައި )

މިއިޢުލާނާއެކު " މާޅޮސް މަޑުލު ދެކުނުބުރީ އޭދަފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލު " އާއި ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު އަންގައިދޭ ޗާޓް ޝާއިޢު ކުރީމެވެ.

 

              މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                   18 ރަމަޟާން 1445ހ

                   28 މާރިޗު   2024މ

 

 

28 މާރިޗު 2024
ހޯދާ