އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުންޏަށް ބޭނުންވާ މުދަލާއި ޚިދުމަތްތައް ހޯދުމަށް ކުންފުނީގެ ޕްރޮކިއުމެންޓް ޕޯޓަލް ޢާއްމުކުރުން

ނަންބަރ: ASND/GA/IUL/2024/14


މި ކުންފުނީގެ ޕްރޮކިއުމެންޓް ސެކްޝަނުން ދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމުގެ ގޮތުން ޕްރޮކިއުމެންޓް ޕޯޓަލް (https://procurements.aasandha.mv) ތައާރަފް ކުރުމަށް ވަނީ ހަމަޖެހިފައެވެ.  މި ޕޯޓަލްގައި މި ކުންފުނިން މުދަލާއި ޚިދުމަތް ހޯދުމަށް ކުރާ އިޢުލާން ތަކުގެ މައުލޫމާތާއި ވެންޑަރ ރަޖިސްޓްރީ އެކުލެވިގެންވާނެއެވެ.

މި ގެނެވުނު ބަދަލާއި ގުޅިގެން، މި ކުންފުނިން މުދަލާއި ޚިދުމަތް ހޯދުމަށް ކުރާ އިޢުލާންތަކަށް ކުރިމަތިލާން ބޭނުންވާ އެންމެހާ ފަރާތްތަކުންވެސް މި ޕޯޓަލްގައި ރަޖިސްޓަރ ކުރަންވާނެއެވެ.  

މި ޕޯޓަލް ޢާއްމުކުރެވުނު ކަމުގައިވީނަމަވެސް 30 ޖޫން 2024 ގެ ނިޔަލަށް މުދަލާއި ޚިދުމަތް ދިނުމަށް ހުށަހަޅާ ފަރާތްތަކަށް މިހާރެކޭވެސް އެއްގޮތަށް މުދަލާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އެގޮތުން، ތިރީގައި މިވާ ކަންކަން 28 މާރޗް 2024 ން ފެށިގެން މި ޕޯޓަލްގެ ތެރެއިން ކުރިޔަށް ގެންދެވޭނެއެވެ.

     - ވެންޑަރ ރަޖިސްޓްރޭޝަން

     - ބީލަންތަަކަށް ރަޖިސްޓަރ ކުރުން   

ނޯޓު: ޕޯޓަލް ބޭނުންކުރެއްވުމުގައި އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، ނުވަތަ އިތުރު ޚިޔާލެއް ދެއްވަން ބޭނުންފުޅުނަމަ   [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

ޕްރޮކިޔުމެންޓް ސެކްޝަން

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]    ވެބްސައިޓް: www.aasandha.mv    ފޯން:  3011483      

28 މާރިޗު 2024
ހޯދާ