ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ ސަރވިސް ސުޕަވައިޒަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

ސީނިއަރ ސަރވިސް ސުޕަވައިޒަރ

ވަޒީފާގެ ދާއިރާ:

ޓްރާންސްޕޯރޓް، ލޮޖިސްޓިކްސް އެންޑް ކޮންސްޓްރަކްޝަން ޑިޕާރޓްމަންޓް

ބޭނުންވާ ޢަދަދު:

01

މުސާރަ:

-/9,025ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • މީގެ އިތުރުން AC ރެޕެއަރ އެންޑް މެއިންޓަނަސް ކޯސްތައް ފުރިހަމަކޮށްފައިވާ ހުރިހާ ވައްތަރެއްގެ  AC އަށް ދިމާވާ މައްސަލަ ހައްލުކުރަން އިނގޭ VRV,VRF ސެންޓްރަލް އެއާކޯން ސިސްޓަމް ބަލަހައްޓައި މިފަދަ އެއާކޯންތަކަށް ދިމާވާ މައްސަލަތަށް ހައްލުކުރަން އިނގޭ ފަރާތްތަކަށް އިސްކަން ދެވޭނެ

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކުންފުނީގެ އިމާރާތްތަކުގައި ބެހެއްޓިފައިވާ އެއަރކޯންތައް ކަނޑައެޅިފައިވާ ތަރުތީބުން ސަރވިސްކުރުން
  • އަތޮޅުތަކުގެ އިންޖީނުގެތަކުން މަރާމާތުކުރުމަށާއި ސަރވިސްކުރުމަށް ހެޑް އޮފީހަށް ފޮނުވާ އެއަރކޯންތަށް ސަރވިސްކޮށް އެއިންޖީނުގެއަކަށް ވީއެންމެ އަވަހަކަށް ފޮނުވުން
  • ގްރޭޓަރ މާލެ އޭރިޔާގެ އިންޖީނުގެތަކުގެ އެއަރކޯންތަކަށް ދިމާވާ މައްސަލަ ހައްލުކުރުމަށްޓަކައި އެއިންޖީނުގެއަކަށް ގޮސް މައްސަލަ ހައްލުކުރުން
  • މަސައްކަތްކުރުމަށް ގެންގުޅޭ ޓޫލްސް އަދި އާލާތްތަށް އެގޭނޭގޮތަށް ޓޫލްސް ރަޖިސްޓަރ ހަދައި، އަޕްޑޭޓްކޮށް ބެލެހެއްޓުން
  • ކުންފުނީގެ އެކިއެކި ޑިޕާރޓްމަންޓްތަކުގައާއި އިންޖީނުގެތަކުގައި ބެހެއްޓިފައިވާ އެއަރކޯންތަކުގެ ރަޖިސްޓަރ ހަދައި، އެއަރކޯންތަށް ސަރވިސްކުރެވޭ ތާރީހުތައް އެގޭނޭގޮތަށް ރޮކޯރޑްބެލެހެއްޓުން
  • އެއަރކޯންތަކަށް ބޭނުންކުރުމަށް ގަނެފައިވާ ސްޕެއަރތަކުގެ ރަޖިސްޓްރީއެއް އެކުލަވާލައި ރޮކޯރޑްބެލެހެއްޓުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

16 އެޕްރީލް 2024 ވަނަ ދުވަހުގެ 00:15 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 16 އެޕްރީލް 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިންގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މިވަޒީފާއަކީ 06 މަސް ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 06 މަސް ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

18 ރަމަޟާން 1445

28 މާރިޗު 2024

28 މާރިޗު 2024
ހޯދާ