ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމާއި ބެހޭ

އިޢުލާން

      

1445 ވަނަ އަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމާއި ބެހޭ.

1445 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްކަމުގައި ކަނޑައަޅުއްވާފައި ވީނަމަވެސް، 1445ވަނަ އަހަރުގެ ފިޠުރު ޒަކާތް 25 ރަމަޟާން 1445 (04 އޭޕްރީލް 2024) ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ހަމައަށް ބޭންކް ޓްރާންސްފަރ މެދުވެރިކޮށް ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ. އަދި ނަގުދު ފައިސާއިން ޒަކާތް ދައްކަވާ ބޭފުޅުންނަށް އެފުރުސަތު ދިނުމަށްޓަކައި 04 އޭޕްރިލް 2024 ވާ ބުރާސްފަތި ދުވަހު ހެނދުނު 9:00 އިން މެންދުރު 12:00 ށް ކައުންސިލްގެ އިދާރާއިން ޒަކާތް ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

25 ރަމަޟާން 1445 (04 އޭޕްރީލް 2024) ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ފަހުން ބޭންކް ޓްރާންސްފަރ މެދުވެރިކޮށް ފިތުރު ޒަކާތުގެ ގޮތުގައި ފައިސާ ދެއްކެވި ނަމަވެސް، އެފައިސާ ޒަކާތުގެ ފައިސާގެ ގޮތުގައި ބަލައިގަނެވެން ނެތްކަމުގައި ދަންނަވަމެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމުގެ ގޮތުން ޢާންމުކޮށް ކައިއުޅުނު ގޮވާމުގެ ބާވަތަކުން 2.4 ކިލޯއެވެ. ނުވަތަ 2.4 ކިލޯގެ އަގެވެ. އެގޮތުން ފިތުރުޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

#

ބާވަތް

ފައިސާގެ އަދަދު

1

އާދައިގެ ހަނޑޫ

12 ރުފިޔާ

2

ތައިލެންޑް ހުދު ހަނޑޫ

70 ރުފިޔާ

3

ރަތް ހަނޑޫ

80 ރުފިޔާ

4

ބާސްމަތީ ހަނޑޫ (އާދައިގެ)

70 ރުފިޔާ

5

ބާސްމަތީ ހަނޑޫ (މޮޅު)

100 ރުފިޔާ

6

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

125 ރުފިޔާ

7

އާދައިގެ ފުށް

10 ރުފިޔާ

8

އާޓާ ފުށް

75 ރުފިޔާ

 

 ބޭންކް ޓްރާންސްފަރ މެދުވެރިކޮށް ޒަކާތް ދައްކަވަން ބޭނުންފުޅުވެލައްވާ ބޭފުޅުން ތިރީގައިވާ އެކައުންޓް ނަންބަރު މެދުވެރިކޮށް ފައިސާ ފޮނުވުމުން ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ. އޮންލައިންކޮށް ފައިސާ ދައްކަވާ ފަރާތްތަކުން ރިމާރކްސްގައި ނަން، ގޭގެ ނަން، ޒަކާތް ދައްކާ މީހުންގެ އަދަދު، އަދި ޒަކާތް ދައްކާ ބާވަތް ޖެއްސެވުމަށްފަހު ފޮނުއްވުން އެދެމެވެ.

 

އެކައުންޓް ނަން:

1296 Kharadhu 2

އެކައުންޓް ނަންބަރު:

7706700320004

ވައިބަރ ނަންބަރު:

7440028

 

 

 

ވީމާ މިކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.         

18 ރަމަޟާން 1445ހ

28 މާރިޗު  2024މ

28 މާރިޗު 2024
ހޯދާ