ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލައުތުރު ފުޓްސަލް މުބާާރާތް 2024- ހޯސްޓްކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު

 މި އަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން ދަމަހައްޓައި އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ ގޮތުން މި އަތޮޅަށް އަމާޒުކޮށްގެން "ތިލައުތުރު ފުޓްސަލް މުބާރާތް - 2024" ނަމުގައި ފުޓްސަލް މުބާރާތެއް 2024 ނޮވެންބަރު 03 ވަނަ ދުވަހު  ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 މި މުބާރާތް ހޯސްޓް ކުރުމާއި މުބާރާތުގެ ހުރިހާ އިންތިޒާމްތަކެއް ކުރިއަށް ގެންދަން ބޭނުންވާނެ ރަށެއް ކަނޑައެޅުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލަމެވެ.  ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ވުމަށް ގޫގުލް ފޯމް ލިންކް: https://forms.gle/gbEJgeEdV4KZPhkv5 ބޭނުން ކުރުން އެދެމެވެ.

 #

ތަފްޞީލް

ތާރީޚާއި ގަޑި

1

ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވުން

16 އެޕްރީލް 2024 ، 12:00

2

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

24 އެޕްރީލް 2024 ، 13:00

3

ޕްރޮޕޯސަލް ހުށަހެޅުން

09 މޭ  2024  ،  12:00

  މި މުބާރާތް ހޯސްޓްކުރުމާއި މުބާރާތް ކުރިއަށްގެންދިޔުމަށް ބޭނުންވާ ރަށްރަށުން، ޕްރޮޕޯސަލް ފުރިހަމަ ކުރުމަށްފަހު، އީމެއިލް [email protected]  އަށް  ނުވަތަ އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތުގައި ހޯސްޓްކުރާނެ ރަށެއް ކަނޑައަޅާނީ މާކްސް ލިބޭ އުސޫލަށް ބަލައި އިވެލުއޭޝަން ކޮމިޓީން ނިންމާ ގޮތެއްގެ މަތީންނެވެ.

28 މާރިޗު 2024
ހޯދާ