ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަހަރީ ޢާއްމު ޖަލްސާ 2024 ގެ ތާރީޚް ފަސްކުރުން

އިޢުލާން

 

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަހަރީ ޢާއްމު ޖަލްސާ 2024 ގެ ތާރީޚް ފަސްކުރުން

 

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަހަރީ ޢާއްމު ޖަލްސާ 2024 އާއި ގުޅޭގޮތުން ކޮށްފައިވާ މި އެސޯސިއޭޝަނުގެ ނަމްބަރު (IUL)NSA-VAM/NSA-VAM/2024/16 (20 މާރިޗް 2024) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

ދިމާވި ސަބަބަކާހުރެ މި އެސޯސިއޭޝަނުގެ އަހަރީ ޢާއްމު ޖަލްސާ ތިރީގައި ދަންނަވާފައިވާ ގޮތަށް ބަދަލުކުރެވިފައިވާވާހަކަ ދެންނެވީމެވެ.

ތަން: 8 ވަނަ ފަންގިފިލާ ސޮލައިޓް ރެސްޓޯރަންޓް (އަމީރު އަޙްމަދު މަގު، މާލެ)

ގަޑި: 10:45 ރޭގަނޑު

ތާރީޚް: 30 މާރިޗް 2024

ޙަވާލާދީފައިވާ އިއުލާނާގުޅިގެން، މަންދޫބުން ރެޖިސްޓްރީކޮށްފައިވާ މެމްބަރުން އިތުރަށް ރެޖިސްޓްރީކުރަން ނުޖެހޭނެވާހަކަ ދެންނެވީމެވެ.

މި އެސޯސިއޭޝަނުގެ އަހަރީ ޢާއްމު ޖަލްސާ 2024  ބާއްވާ ތާރީޚް ބަދަލުވުމާއި ގުޅިގެން، މެމްބަރުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދެމެވެ.

27 މާރިޗު 2024
ހޯދާ