މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާރކްއެޅުމަށް ހަމަޖެހިފައިވާ ބިމަށްއަރާގޮތަށްހުރި ރުއްގަސްފިޔަވައި ދެންހުރި ތަކެތީގެ ވެރިފަރާތަކުން އެތަކެތި އެބިމުން ނެގުމާގުޅޭ

ކުޑަކުދިންގެ ޕާރކްއެޅުމަށް ހަމަޖެހިފައިވާބިމަށް އަރާގޮތަށްހުރި ރުއްގަސްފިޔަވައި ދެންހުރި ހުރިހާތަކެއްޗެއް އެތަކެތީގެ ވެރިފަރާތުން ނެގުމަށް އަންގަމަވެ.

ވީމާ އެބިމުގެ މައްޗަށް ފެންނަން ހުރި އެންމެހާތަކެއްޗާއި ބިމުއަޑީގައިވާ އެންމެހާތަކެތި ( ރުއްގަސް ފިޔަވައި ) 28 އޭޕްރީލް 2024 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން އެބިމުންނައިގައިގެން ގެންގޮސް ނިންމަންވާނެއެވެ. މިއިޢުލާނުގެ މުއްދަތުހަމަވާއިރު އެބިމުގައި ހުރި ރުއްގަސްފިޔަވައި ދެންހުރި ހުރިހާބާވަތެއްގެތަކެތި އެއީ ވެރިއަކު ނެތް ތަކެތި ކަމަށް ބަލައި ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މިގޮތަށް ނައްތާލެވޭ ތަކެއްޗަށް ފަހުން ބަދަލު ހޯދުމަށް އެދިއްޖެނަމަ އެފަރާތަކަށް ބަދަލުދެވޭނީ ޝަރުޢީކޯޓަށް ހުށަހަޅައި ކޯޓުން އެމައްސަލައެއް ނިންމާގޮތެއްގެ މަތީންނެވެ.މިބިން އޮންނާނީ މިރަށު ސަނީކޯނަރ ، ކަނީރުމާގެ އަދި ވީވަރު ގޯއްޗާއި ދިމާލުން ހަވީރީހިނގުމުގެ އުތުރުގައެވެ.

                        މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 މާރިޗު 2024
ހޯދާ