ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަށަފަރު ކައުންސިލް ޤުރުއާން މުބާރާތް 1445 ގައި ބައިވެރިވުމަށް އިތުރު ފުރުޞަތު ހުޅުވާލުމާއި ގުޅޭ

ހއ.ވަށަފަރު ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖައްސައި ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކޮށް، ފެތުރުމަށްޓަކައި 2024 އޭޕްރީލް 03 އިން 2024 އޭޕްރީލް 05 ށް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ "ވަށަފަރު ކައުންސިލް ޤުރުއާން މުބާރާތް 1445" ބައިވެރިވެފައިވާ ފަރާތްތަކުގެ ޢަދަދު މަދުވުމުގެ ސަބަބުން މުބާރާތުގައި ބައިވެރިވުމުގެ އިތުރު ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2024 އޭޕްރީލް 25 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރި ވުމަށްއެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ވަށަފަރު ކައުންސިލް އިދާރާއިންނެވެ. އަދި މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ވަށަފަރު ކައުންސިލް އިދާރާއިން  ލިބެން ހުންނާނެއެވެ. މުބާރާތް އޮންނާނީ 2024 މެއި 01 ން 2024 މެއި 08 ށް ކަމުގައިވެސް ދަންނަވަމެވެ.

27 މާރިޗު 2024
ހޯދާ