ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
މެދުޒިޔާރަތް، ބޮޑުތަކުރުފާނު ޒިޔާރަތް، އަލިރަސްގެފާނު ޒިޔާރަތް، ކަޅުވަކަރު މިސްކިތް އަދި ހުކުރު މިސްކިތައް ވެލިލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

     ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތަށް މެދުޒިޔާރަތް، ބޮޑުތަކުރުފާނު ޒިޔާރަތް، އަލިރަސްގެފާނު ޒިޔާރަތް، ކަޅުވަކަރު މިސްކިތް އަދި ހުކުރު މިސްކިތައް ވެލިލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

     ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

 

ތަފްސީލް

ތާރީޚް (ދުވަސް)

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން (ޕްރީ ބިޑް މީޓިންގ)

14 އޭޕްރިލް 2024

(އާދިއްތަ)

11:00

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު ބިލްޑިންގ)

ބީލަން ހުށައެޅުން

21 އޭޕްރިލް 2024

(އާދިއްތަ)

11:00

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު ބިލްޑިންގ)

     މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވަން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

     އިތުރު މަޢުލޫމާތު ހޯއްދެވުމަށް/ 3340205 3323206  ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. 

 
27 މާރިޗު 2024
ހޯދާ