ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އަތޮޅުތަކުގައި އިމާރާތް ކުރަމުންދާ އެސްޓީއޯގެ ފާމަސީތަކުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތްތެއް ހޯދަން ބޭނުންވެއްޖެ.

 

                                                                                

އަތޮޅުތަކުގައި އިމާރާތް ކުރަމުންދާ އެސްޓީއޯގެ ފާމަސީތަކުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތްތެއް ހޯދަން ބޭނުންވެއްޖެ.

ތިރީގައިވާ ރަށްތަކުގައި ފާމަސީގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

  1. ށ. ބިލެއްފަހި
  2. ބ. ކަމަދޫ
  3. ހދ. ވައިކަރަދޫ

   

4. މ. ރަތްމަންދޫ

5. ހއ. ތަކަންދޫ

6. ބ. ކުޑަރިކިލު

7. މ. ކޮޅުފުށި  

 

  1. މަސައްކަތުގެ ވެރިފަރާތް:  ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

 

  1. ރަޖިސްޓްރީ ކުރާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް:

 

2.1    ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފަރާތަކީ ފާމަސީ އިމާރާތް ކުރުމަށް ކަނޑައެޅިފައިވާ ރަށުގައި ރަޖިސްޓްރީވެ، އެރަށުގައި މި ބާވަތުގެ މަސައްކަތް ކޮއްފާ ނުވަތަ ކުރަމުންދާ ފަރާތަކަށްވުން.

2.2    ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފަރާތަކީ ފާއިތުވި 5 (ފަސް) އަހަރުދުވަހުގެ ތެރޭގައި، 100،000ރފ (އެއް ލައްކަ ރުފިޔާ) އަށް ވުރެ ކުޑަ ނޫން އިމާރާތް ކުރުމުގެ މަސައްކަތެއް ކޮށްފައިވާ ފަރާތަކަށް ވުން.

2.2.1           ތަޖުރިބާ ހުރިކަމަށް ބަލައިގަނެވޭނީ މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ސިޓީ (ޕޮސިޓިވް ރިފަރެންސް) ހުށަހެޅުމުންނެވެ. އެސްޓީއޯއިން ބޭނުންވެއްޖެ ހިނދެއްގައި ކޮށްފައިވާ މަސައްކަތްތައް ވެރިފައި ކުރުމަށް އިތުރު މައުލޫމާތު ހޯދިދާނެއެވެ.

2.2.2           ރެފަރެންސް ސިޓީގައި މަސައްކަތުގެ ތަފްސީލް ނެތްކަމުގައި ވަނީނަނަމަ، ސިޓީއާއި އެކު އެ މަސައްކަތުގެ ސަޕޯޓިންގ ޑޮކިއުމަންޓްސް ހުށަހަޅަންވާނެއެވެ. އަދި އަމިއްލަ ފަރާތްތަކުގެ ނަމުގައި ހުށަހަޅާ ސިޓީ ބަލައި ނުގަނެވޭނެއެވެ. ހުށަހަޅާފައިވާ ސިޓީ އާއި ސަޕޯޓިންގ ޑޮކިއުމަންޓްސް ތަކުން މަސައްކަތުގެ ތަފްސީލު އަދި މަސައްކަތް ނިންމި ގޮތް ސާފުކޮށް އެނގެން ނެތްނަމަ އެ ސިޓީ ބަލައިނުގަތުމުގެ އިޚްތިޔާރު އެސްޓީއޯއަށް ލިބިގެންވެއެވެ.

2.3    ރަޖިސްޓަރ ކުރާފަރާތަކީ، އެސްޓީއޯ ގައި މިވަގުތު އިތުރު ޕްރޮޖެކްޓެއްގެ (1 ޕްރޮޖެކްޓް) މަސައްކަތް ކުރަމުންދާ ކުންފުނި ނުވަތަ ކުންފުނީގެ ހިއްސާދާރެއް ނަމަ، އެފަރާތަކަށް ރެޖިސްޓަރ ކުރެވޭނީ މި އިޢުލާން ގައި ބުނެފައިވާ ރަށްތަކުގެ ތެރެއިން 1 (އެކެއް) ރަށަކަށެވެ. އަދި ރެޖިސްޓަރ ކުރި ކުންފުނި ނުވަތަ ކުންފުނީގެ ހިއްސާދާރުންނަކީ، މިވަގުތު އެސްޓީއޯގެ 2 (ދެއެއް) ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުންދާ ފަރާތެއްނަމަ އެފަރާތުގެ ރެޖިސްޓްރޭޝަން ބަލައި ނުގަނެވޭނެއެވެ.

2.4    ރެޖިސްޓަރ ކުރާފަރާތަކީ، ކުރިން އެސްޓީއޯ ގެ ޕްރޮޖެކްޓެއް ނިންމާ އަދި މިވަގުތު ޕްރޮޖެކްޓެއް ކުރިއަށް ގެންދާ ފަރާތެއްނަމަ، ރަޖިސްޓަރ ކުރެވޭނީ އެއްވެސް ޕޮރޮޖެކްޓެއްގައި 20% (ވިހި އިންސައްތަ) ޑިލޭއެއް ނޫޅޭނަމައެވެ.

 

 

 

  1. ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތައް:

3.1    ރަޖިސްޓަރ ކުރާ ފަރާތަކީ ފާމަސީ އިމާރާތް ކުރުމަށް ކަނޑައެޅިފައިވާ ރަށުގައި މިބާވަތުގެ މަސައްކަތް ކުރާ އަދި ކޮއްފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުން (ކައުންސިލްގެ ސިޓީ ނުވަތަ ރިފަރެންސް ލެޓަރ)

3.2    ކުރިން ކޮށްފައިވާ މި ބާވަތުގެ މަސައްކަތުގެ ރިފަރެންސް ސިޓީ (3.2 ގައިވާ ގޮތަށް)

3.3    ކުންފުނީގެ/ ސޯލް ޕްރޮޕްރައިޓަރޝިޕްގެ ރެޖިސްޓްރޭޝަންކޮޕީ

3.4    ކުންފުނީގެ/ ސޯލް ޕްރޮޕްރައިޓަރޝިޕްގެ ހިއްޞާދާރުންގެ އައި.ޑީ.ކާޑް ކޮޕީ

 

  1. ރަޖިސްޓަރީ ކުރުން: 

4.1ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2024 އޭޕްރިލް 04 ވަނަ ދުވަހު 1100 ގެ ކުރިން، ތިރީގައިވާ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނެއެވެ.

 

       އީމެއިލް އެޑްރެސް: [email protected]

 

  1. ބީލަންކަރުދާސް ދޫކުރުން:

5.1    ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2024 އޭޕްރިލް 07 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

 

  1. ސުވާލާއި ޖަވާބު: 

6.1    ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2024 އޭޕްރިލް 10 ވަނަ ދުވަހުގެ 1100  ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2024 އޭޕްރިލް 03 ވަނަ ދުވަސް ނިމުމުގެ ކުރިން ހުށަހެޅިފައިވާ ސުވާލުތަކަށް ޖަވާބުދާރީ ވެވޭނެއެވެ.

 

  1. ބީލަން ހުށަހެޅުން:

7.1 ބީލަން ހުށަހަޅަންވާނީ  2024 އޭޕްރިލް 17 ދުވަހު 1100 ގެ ކުރިން  [email protected] އީމެއިލް އެޑްރެސް އަށެވެ. އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު:  1422

އީމެއިލް: [email protected]  

27 މާރޗް 2024

27 މާރިޗު 2024
ހޯދާ